ދިވެހިރާއްޖެ
މިކޯޓުގެ މިދަންނަވާ މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
1- ކޯޓު ޢިމާރާތުގެ އެތެރޭ ފާރުތަކާއި ސީލިންގުގައި ކުލަލުން
2- ކޯޓު ޢިމާރާތުގެ ލަކުޑި ދޮރާއި ދޮރުފަތްތަކުގައި ދަވާދުލުން
ވީމާ، މިމަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދެއްވަން ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2019 މޭ 22 ވަނަ ދުވަހުން ފެށިގެން 2019 މޭ 27 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:30 އާއި މެންދުރުފަހު 01:00 އާ ދޭތެރޭ މިކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2019 މޭ 30 ވަނަ ދުވަހުގެ 10:30 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީ ހިސާބުތައް އަދި މަޢުލޫމާތު ފުރިހަމަނުކުރައްވާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ. މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ޤާނޫނު ނަންބަރު: 2014/18 (ވިޔަފާރި ރަޖިސްޓަރީ ކުރުމާބެހޭ ޤާނޫނު) ނުވަތަ 2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކޮށްފައިވާ ފަރާތްތަކަށް އެކަންޏެވެ. ކުންފުނިތަކުގެ ފަރާތުން ބަދަލުގައި މީހަކު ވަޑައިގަންނަވާނަމަ، ކުންފުނީގެ ލިޔުމަކާއެކު ވަޑައިގެންނެވުން އެދެމެވެ.
އަދި ދަންނަވަމެވެ. މިމަސައްކަތާ ގުޅިގެން މިކޯޓުން 23 އޭޕްރީލް 2019 ގައި ކޮށްފައިވާ މިކޯޓްގެ ނަންބަރު: L6MC-D/2019/03 އިޢުލާނުގެ މަޢުލޫމާތު ޝީޓަށް ބައެއް ބަދަލުތައް ގެންނަން ޖެހުމާ ގުޅިގެން އެ އިޢުލާނު ބާޠިލްކުރެވިފައިވާ ވާހަކަވެސް ދަންނަވަމެވެ.
16 މޭ 2019