ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)179/1/2019/14
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2019
ޕަބްލިޝްކުރި ގަޑި: 12:42
ސުންގަޑި: 30 ޖޫން 2019 00:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް - ޖުލައި 2019

މި އޮތޯރިޓީގެ އިންސްޓިޓިއުޓް އޮފް ކޯޕަރޭޓް ޑައިރެކްޓަރސް އެންޑް ސެކްރެޓަރީސް (ICDS) އިން ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުން ތަމްރީނުކުރުމުގެ ޕްރޮގްރާމެއް، 9 ން 11 ޖުލައި 2019 އަށް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރޮގްރާމްގެ ނަން:      ޑައިރެކްޓަރސް ޓްރެއިނިންގ ޕްރޮގްރާމް

ތާރީޚް:             9-11 ޖުލައި 2019 އަށް ހެނދުނު 9:00 ން ހަވީރު 16:00 އަށް

ޓާރގެޓް އޯޑިއަންސް:    ކުންފުނިތަކުގެ ބޯޑު ޑިރެކްޓަރުންނާއި މިދާއިރާއަށް ޝައުޤުވެރިވާ ފަރާތްތައް

ފީ:               -/1,000 ރުފިޔާ

ޖާގަ:              25

 

މި ޕްރޮގްރާމްގައި ބައިވެރިވާން އެދިވަޑައިގަންނަވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމް ފުރިހަމަކުރެއްވުމަށްފަހު މިއޮތޯރިޓީގެ އީ-މެއިލް [email protected] އަށް ފޮނުއްވުން އެދެމެވެ. ޕްރޮގްރާމާގުޅޭ އިތުރު މަޢުލޫމާތު މިއޮތޯރިޓީގެ ވެބްސައިޓް ގެ ލިންކް، https://bit.ly/2YveGd1 އިން އަދި އޮތޯރިޓީގެ ނަންބަރު 3014125 ނުވަތަ 3014119 ފޯނަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ. 

 

 

 
 
 
16 މޭ 2019