ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)30-E3/30/2019/83
ޕަބްލިޝްކުރި ތާރީޚް: 16 މޭ 2019
ޕަބްލިޝްކުރި ގަޑި: 12:27
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
ޕެސްޓިސައިޑު އެތެރެކުރާ ފަރާތްތަކުގެ ސަމާލުކަމަށް

ހާރބިސައިޑެއް (ވިނަ މަރާބޭސް)ގެ ގޮތުގައި ބޭނުންކުރެވޭ އެސެޓޮކްލޯރ (Acetochlor) އަކީ އިންސާނުންނަށާއި ތިމާވެއްޓަށް ނުރައްކާތެރިކަން ބޮޑު ބޭހެއްގެ ގޮތުގައި ރޮޓަޑަމް މުއާހަދާއިން ވަނީ ނިންމާފައެވެ. އެންމެފަހުގެ ދިރާސާތަކުން ދައްކާގޮތުގައި އެސެޓޮކްލޯރގެ އަސަރު ފަސްގަނޑަށް ކުރުމުން ބިމުއަޑީގެ ފެންފަށަލަ ތަޣައްޔަރުވެ، މީރުފެނުގައާއި ލޮނުފެނުގައި އުޅޭ ދިރުންތަކަށް ބޭހުގެ ވިހައިގެ އަސަރުކުރެއެވެ. އަދި ބޭހުން ތަޣައްޔަރުވެފައިވާ ފަތްޕިލާވެލި، މޭވާ، ތަރުކާރީ، ގޮވާން ކައި އުޅޭ ޖަނަވާރަށް މިބޭހުގެ ނުރައްކާތެރިކަން ބޮޑުވެއެވެ. މީގެއިތުރުން އެސެޓޮކްލޯރއަކީ އިންސާނުންގެ ދަރިމައިވުމާއި، ހެދިބޮޑުވުމާއި، ސިކުނޑީގެ ނާރުތަކުގެ ނިޒާމަށް ވަރަށް ގެއްލުންހުރި، ކެންސަރުޖައްސާ މާއްދާއެއްކަން ވަނީ ހާމަވެފައެވެ. ވުމާއެކު، މިމިނިސްޓްރީން ޢާއްމުކޮށްފައިވާ، ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ޕެސްޓިސައިޑްގެ ލިސްޓަށް އެސެޓޮކްލޯރ މިހާރު އިތުރުކޮށްފައިވާތީ، 16 އޮގަސްޓް 2019 އިން ފެށިގެން ދިވެހިރާއްޖެއަށް އެސެޓޮކްލޯރ އެތެރެކުރުމަށް ހުއްދަނުދެވޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، ޕެސްޓިސައިޑް އެތެރެކުރުމުގައި ކުރިމަތިވެދާނެ ދަތިތަކުން ދުރުހެލިވުމަށްޓަކައި ދިވެހިރާއްޖެއަށް ޕެސްޓިސައިޑް އެތެރެކުރުމަށް އެދި ހުށަހެޅުމުގެ ކުރިންނާއި، އެތެރެކުރުމުގެ ކުރިން މިލިސްޓް ބެއްލެވުން އެދެމެވެ. މި އިޢުލާނާއިއެކު ދިވެހިރާއްޖެއަށް އެތެރެކުރުން ހުއްދަ އަދި މަނާ ޕެސްޓިސައިޑްގެ ލިސްޓް އެޓޭޗް ކުރެވިފައިވާނެއެވެ.

16 މޭ 2019