ދިވެހިރާއްޖެ
`
މަގޫދޫ ސްކޫލް
ނ.މަގޫދޫ
އިޢުލާން
ނަންބަރ: GS117/IUL/2019/12
ތާރީޚް: 15 މެއި 2019
މިސުކޫލަށް ތިރީގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކޮށްދޭނޭ ފަރާތެއް ބޭނުންވެއްޖެ
މިސުކޫލްގައި ކުރީގައި ވަޅުފެން ބޭނުން ކުރުމަށް ހަންބަހައްޓާފައި ހުރި ބުޑު އަދި ކުރީގެ ބޯފެން ބޭނުންކުރުމަށް ހަދާފައިހުރިތަން އަދި ކުރީގެ ފަޙާނާ ތަޅާލާ ވަށާފާރުން ކެނޑޭ ސަރަހައްދު ރާނާ މަރާމާތު ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް ނ.މަގޫދޫ ސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު މި ސްކޫލަށް ހުށަހެޅުއްވުމަށް ދަންނަވަމެވެ.
މަޢުލޫމާތު ސާފުކުރުމަށް |
އަންދާސީހިސާބު ހުށަހެޅުމަށް |
23 މެއި 2019 ވާ ބުރަސްފަތި ދުވަހުގެ ހެނދުނު 10:00 |
28 މެއި 2019 ވާ އަންގާރަ ދުވަހުގެ މެންދުރުފަހު 1:00 |
އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6560577 ނަންބަރު ފޯނާއެވެ.
15 މެއި 2019