ދިވެހިރާއްޖެ
އިޢުލާން
ސަރވަރއެއް ގަންނަން ބޭނުންވެއްޖެ
މިބިއުރޯއަށް ސަރވަރ ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު. (AIT) 457-AIT/1/2018/12 (2 މެއި 2019) އިއުލާނަށް އެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ، އެއިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތައް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، ދީފައިވާ ސްޕެސިފިކޭޝަންއާއި އެއްގޮތަށް މިތަކެތި ވިއްކެވުމަށް އެދިލައްވާ ފަރާތްތަކުން 2019 މެއި މަހުގެ 20 ވަނަ ދުވަހު 11:30 އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް، ދާރުލް އީމާން ބިލްޑިންގގެ 9 ވަނަ ފަންގިފިލާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
މިބީލަމާއިބެހޭ މައުލޫމާތު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމަޢުލޫމާތު މިބިއުރޯގެ ވެބްސައިޓް http://www.statisticsmaldives.gov.mv އިންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.
މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008444 / 3008414 / 300400 އަށް ގުޅުއްވުން އެދެމެވެ.
އިޙްތިރާމް ޤަބޫލުކުރެއްވުންއެދެމެވެ.
9 ރަމަޟާން 1440