މަސައްކަތް
ނަންބަރު: (IUL)247-EDSS/247/2019/37
ޕަބްލިޝްކުރި ތާރީޚް: 14 މޭ 2019
ޕަބްލިޝްކުރި ގަޑި: 13:37
ސުންގަޑި: 11 ޖޫން 2019 11:00
ތިލަދުންމަތީ އުތުރުބުރީ ހޯރަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ހޯރަފުށީގެ ތަރައްޤީއާއި ގުޅޭ މާސްޓަރ ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން 

ހޯރަފުށީގެ ތަރައްޤީއާއި ގުޅޭ މާސްޓަރ ޕްލޭން ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުން

                ހއ. ހޯރަފުށީގެ ލޭންޑް ޔޫސް ޕްލޭން ރިވައިޒް ކުރުމާއި ހޯރަފުށީގެ ތަރައްޤީގެ މާސްޓަރ ޕްލޭން އެކުލަވާލައި ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް، ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.

                ވީމާ، މަތީގައި ދަންނަވާފައިވާ މަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 މެއި 22 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 އަށް ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު، 2019 ޖޫން 11 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 އަށް ޕްރޮޕޯޒަލްތައް ހުށަހެޅުއްވުން އެދެމެވެ.

                މަޢުލޫމާތު ސާފުކުރެއްވުމަށާއި، ޕްރޮޕޯޒަލް ހުށަހެޅުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ޕްރޮޕޯޒަލް ހުށަހެޅުއްވުމަށް ބޭނުންފުޅުވާ ފަރާތުގެ ސިޓީއެއް ބަދަލުގައި ޙާޟިރުވެލައްވާ ފަރާތުން ހުށަހަޅުއްވަން ޖެހޭނެއެވެ. މި ސިޓީގައި ބަދަލުގައި ޙާޟިރުވެލައްވާ މީހާގެ ނަމާއި، އެޑްރެސް އަދި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނަންބަރު ލިޔުއްވާފައި އޮންނަންވާނެއެވެ. ޕްރޮޕޯޒަލް ހުށަހެޅުއްވޭނީ މަޢުލޫމާތު ސާފުކުރެއްވުމަށް ޙާޟިރުވެލައްވާ ފަރާތްތަކަށް އެކަނި ކަމުގައިވެސް ދަންނަވަމެވެ.

                މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

                09 ރަމަޟާން 1440

14 މޭ 2019