ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)240-ADS/240/2019/9
ޕަބްލިޝްކުރި ތާރީޚް: 13 މޭ 2019
ޕަބްލިޝްކުރި ގަޑި: 10:20
ސުންގަޑި: 30 މޭ 2019 13:00
ހައްދުންމަތީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލ. ފޮނަދޫގައި ޢިމާރާތްކޮށްފައިވާ 27 ގެ ދޫކުރުމާގުޅޭ

ސަރުކާރުން ކުރިއަށްގެންދާ ގެދޮރުވެރިކަމުގެ ޕްރޮގްރާމުގެ ދަށުން ލ. ފޮނަދޫގައި ޢިމާރާތް ކޮށްފައިވާ 27 ގެއަށް އެދި ހުށަހެޅުމަށް ފުރުޞަތު ހުޅުވާލައިފީމެއެވެ.

 

ޝަރުޠު

  • ޢުމުރުން 21 އަހަރު ފުރިފައިވުން.
  • ލ. އަތޮޅުގެ ރަށްވެއްސެއްކަމުގައިވުން.
  • ރާއްޖޭގެ އެއްވެސް ރަށަކުން ތިމާއަށް ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިފައިވާނަމަ، މި ގޯތި އަދި ބޯހިޔާވަހިކަން ސަރުކާރަށް ދޫކޮށްލަން އެއްބަސްވާ ފަރާތަކަށްވުން. އަދި މި ގޯތި ނުވަތަ ބޯހިޔާވަހިކަމަކީ ރަހުނު ކުރެވިފައިވާ ތަންތަނަށް ނުވުން.
  • ތިމާގެ އަނބިމީހާ/ ފިރިމީހާގެ ނަމުގައި ލ. ފޮނަދޫއިން ގޯއްޗެއް ނުވަތަ ބޯހިޔާވަހިކަމެއް ލިބިފައިވާނަމަ، މި ގޯތި އަދި ބޯހިޔާވަހިކަން ސަރުކާރަށް ދޫކޮށްލަން ތިމާގެ އަނބިމީހާ/ ފިރިމީހާ އެއްބަސްވާ ފަރާތަކަށްވުން.
  • ރާއްޖޭގެ އެއްވެސް ރަށަކުން ލިބިފައިވާ ގޯއްޗެއް ނުވަތަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢެއްގެ ދަށުން ލިބިފައިވާ ބޯހިޔާވަހިކަމެއް ވޭތުވެދިޔަ 5 އަހަރު ދުވަހުގެ ތެރޭގައި ވިއްކާލައި، މީހަކަށް ދީފައިނުވުން.

 

ވީމާ، ގެއަށް އެދި ހުށަހަޅާފޯމު މިއަދުން ފެށިގެން މި ކައުންސިލުންނާއި، ރަށްރަށުގެ ރަށުކައުންސިލްތަކުގެ އިދާރާތަކުން، އަދި މި ކައުންސިލްގެ ވެބުސައިޓުން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ ނަންބަރު 6800713ފޯނާ ގުޅުއްވުން އެދެމެވެ. އަދި މި ގެތަކަށް އެދިވަޑަގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2019 މޭ 19އިން ފެށިގެން 2019 މޭ 30 ގެނިޔަލަށް މި ކައުންސިލުން ކަމުގައިވެސް ދެންނެވީމެވެ.  

13 މޭ 2019