ދިވެހިރާއްޖެ
ނަންބަރު 137 –IU/PR/2019/ 12
އިޢުލާން
އައި.ޖީ.އެމް.ހޮސްޕިޓަލަށް "ޑޮކިއުމަންޓް މެނޭޖުމަންޓް ސޮފްޓްވެއަރ" ގަތުމަށް 29 އޭޕްރީލް 2019 ގައި ކުރެވުނު ނަންބަރު 137 –IU/PR/2019/ 10 އިޢުލާނަށް ސަޕަލަޔަރުންގެ ފަރާތުން އެކަށިގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެއިޢުލާން ބާތިލްކޮށް އަލުން އެފުރުސަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ދަންނަވާފައިވާ ގަޑިތަކަށް މިހޮސްޕިޓަލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ހަމަޖެހިފައިވާ ގަޑިއަށް ހާޟިރުނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނޯންނާނެވާހަކަ ދެންނެވީމެވެ.
ތަން |
ގަޑި |
ތާރީޚް |
ތަފްޞީލު |
ޕްރޮކިއުމަންޓް |
13:00 |
19 މޭއި 2019 (އާދީއްތަ) |
މަޢުލޫމާތު ސާފުކުރެއްވުމަށް |
ޕްރޮކިއުމަންޓް |
10:00 |
23 މޭއި 2019 ( ބްރާސްފަތި) |
އަންދާސީ ހިސާބު ހުށަހެޅުއްވުމަށް |
08 ރަމަޟާން 1440
13 މޭއި 2019