ދިވެހިރާއްޖެ
ކޮޅުމަޑުލު ތިމަރަފުށީ މެޖިސްޓްރޭޓް ކޯޓް ނަންބަރު:N10C-A/IU/2019/03
ތިމަރަފުށި،
ދިވެހިރާއްޖެ،
އިޢުލާން
މިކޯޓުގެ ޢިމާރާތުގެ ބޭރުގައި ހަރުކޮށްފައިހުރި ނަލަފިލާއާއި ދިޔަދޮވި ބަދަލުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ(.)
މިކޯޓުގެ ޢިމާރާތުގެ ބޭރުގައި ހަރުކޮށްފައިހުރި ނަލަފިލާއާއި ދިޔަދޮވި ބަދަލުކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 20 މެއި 2019 ވާ ހޯމަ ދުވަހުގެ 12:45 އަށް މިކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 23 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 12:45 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިކޯޓަށް ވަޑައިގެން ދެއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށާއި، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން ބަޔާންކުރައްވައި ސިޓީ ހުށަހަޅުއްވަން ވާނެއެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި،ގަޑި ޖެހިގެން ޙާޟިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އެސްޓިމޭޓް ކެނޑުން އޮންނާނީ ހުށަހަޅުއްވާ ފަރާތްތަކުގެ ޙާޟިރުގައެވެ.
މީގެކުރިން މިކަމާއިބެހޭ ގޮތުން މިކޯޓުންކުރި ނަންބަރު: N10C-A/IU/2019/02 އިޢުލާން ބާޠިލް ކުރެވިފައިވާކަމުގައިވެސް ދެންނެވީމެވެ.
ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.