ދިވެހިރާއްޖެ
މިލަދުންމަޑުލުދެކުނުބުރީ ވެލިދޫ މެޖިސްޓްރޭޓް ކޯޓް
ވެލިދޫ،
ދިވެހިރާއްޖެ
އިޢުލާން
ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓު މިހާރު ހިންގަމުންދާ ޢިމާރާތާއި، މަގުފާރު، ގޭޓް އަދި ދިދަ ދަނޑީގެ ކުލައާއި ދަވާދު އައުކުރުމުގެ މަސައްކަތް އަމިއްލަތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓުން ކުރި ނަންބަރު:2019/06/D15C-A ގެ އިޢުލާނާއި ގުޅިގެން ދީފައިވާ މަޢުލޫމާތު ޝީޓްގައި މައްސަލައެއް އުޅޭތީއާއި، ހުށަހަޅާފައިވާ އަންދާސީ ހިސާބުތައް އަގު ބޮޑުކަމަށް ފެންނާތީވެ، އެ އިޢުލާން ބާޠިލްކޮށް އަލުން އެފުރުޞަތު ހުޅުވާލަމެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2019 މެއި 19 ވަނަ ދުވަހުގެ 11:00 އަށް ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު، 2019 މެއި 23 ވަނަ ދުވަހު 11:00 އަށް، ނ.ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށައެޅުއްވޭނީ ވިޔަފާރީ ރަޖިސްޓްރީކުރުމުގެ ގާނޫނު ( ގާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށްށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2014) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށް އެކަންޏެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ.