ދިވެހިރާއްޖެ
އިޢުލާން
ކީރިތި ޤުރްއާނާބެހޭ ޤައުމީ މަރުކަޒާއި، މަރުކަޒުގެ ގޮފިތަކުގައި 2019 ވަނަ އަހަރުގެ 2 ވަނަ ސެމިސްޓަރ ގައި ތިރީގައި މިދަންނަވާ ކޯސް ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ޤިރާއަތު ސެޓްފިކެޓް 1
ޝަރުޠު: 1- ފަށާތަޢުލީމު ނިންމާފައިވުން ( ގްރޭޑް 7 ނިންމާފައިވުން )
2- ޢުމުރުން 16 އަހަރު ފުރިފައިވުން.
3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 8 ހަފްތާ
- މިކޯސް ހިނގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ: ހއ. ދިއްދޫ، ހއ. ހޯރަފުށި، ހއ. އުތީމު، ހދ. ކުޅުދުއްފުށި، ށ. މިލަންދޫ، ބ. ކެންދޫ، ބ. އޭދަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ލ. ގަން، ގއ. ވިލިނގިލި، ގއ. ގެމަނަފުށި، ހުޅުމާލެ، ޏ. ފުވައްމުލައް، ކޮލަމްބޯގައި ހުންނަ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފި.
ޤިރާއަތު ސެޓްފިކެޓް 2
ޝަރުޠު: 1- ޤިރާއަތު ސެޓްފިކެޓް 1 ހަދައި ފާސްވެފައިވުން
3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 1 ސެމިސްޓަރ
- މިކޯސް ހިނގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ: ހއ. ދިއްދޫ، ހއ. ހޯރަފުށި، ހއ. އުތީމު، ހދ. ކުޅުދުއްފުށި، ށ. މިލަންދޫ، ބ. ކެންދޫ، ބ. އޭދަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ލ. ގަން، ގއ. ވިލިނގިލި، ގއ. ގެމަނަފުށި، ހުޅުމާލެ، ޏ. ފުވައްމުލައް، ކޮލަމްބޯގައި ހުންނަ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފި.
ޤިރާއަތު ސެޓްފިކެޓް 3
ޝަރުޠު: 1- ޤިރާއަތު ސެޓްފިކެޓް 2 ހަދައި ފާސްވެފައިވުން
3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 2 ސެމިސްޓަރ
- މިކޯސް ހިނގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ: ހއ. ދިއްދޫ، ހއ. ހޯރަފުށި، ހދ. ކުޅުދުއްފުށި، ށ. މިލަންދޫ، ބ. އޭދަފުށި، އދ. މަހިބަދޫ، ދ. ކުޑަހުވަދޫ، ލ. ފޮނަދޫ، ލ. ގަން، ގއ. ވިލިނގިލި، ގއ. ގެމަނަފުށި، ހުޅުމާލެ، ޏ. ފުވައްމުލައް، ކޮލަމްބޯގައި ހުންނަ ކީރިތި ޤުރްއާނާބެހޭ މަރުކަޒުގެ ގޮފި.
ޤާރީކަމުގެ އެޑްވާންސް ސެތްފިކެޓް
ޝަރުޠު: 1- ޤިރާއަތު ސެޓްފިކެޓް 3 ހހަދައި ފާސްވެފައިވުން
3- މަރުކަޒުން ދޭ ބަސްދީގަތުމުން ފާސްވުން.
މުއްދަތު: 2 ސެމިސްޓަރ
- މިކޯސް ހިނގުމަށް ހަމަޖެހިފައިވާ ރަށްތަކަކީ: އދ. މަހިބަދޫ، ލ. ފޮނަދޫ، ލ. ގަން، ގއ. ވިލިނގިލި، ހުޅުމާލެ، ޏ. ފުވައްމުލައް.
ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭފޯމު 2019 މޭ 14 ވާ އަންގާރަ ދުވަހުން ފެށިގެން މި މަރުކަޒުންނާއި، މަރުކަޒުގެ ގޮފިތަކުން ދޫކުރަމުން ގެންދާނެއެވެ. އަދި މަރުކަޒުގެ ވެބްސައިޓުން ފޯމް ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2019 ޖޫން 16 ވާ އާދީއްތަ ދުވަހުގެ 13:30 ގެ ކުރިން ފޯމު ފުރުމަށްފަހު ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު ހުށަހެޅުން އެދެމެވެ.