ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)438-CCD/438/2019/106
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2019
ޕަބްލިޝްކުރި ގަޑި: 11:54
މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް
ދިވެހިރާއްޖެ
މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބައިނަލްއަޤްވާމީ ގްރީން ކްލައިމެޓް ފަންޑަށް ރާއްޖޭގެ ފަރާތުން ތައްޔާރުކުރާ ކަންޓްރީ ޕްރޮގްރާމަށް ކޮންސެޕްޓް ހުށަހެޅުމުގެ ފުރުޞަތު

އިޢުލާން

މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބައިނަލްއަޤްވާމީ ގްރީން ކްލައިމެޓް ފަންޑަށް ރާއްޖޭގެ ފަރާތުން ތައްޔާރުކުރާ

ކަންޓްރީ ޕްރޮގްރާމަށް ކޮންސެޕްޓް ހުށަހެޅުމުގެ ފުރުޞަތު

 

މޫސުމަށް އަންނަ ބަދަލުތަކާބެހޭ ބައިނަލްއަޤްވާމީ ގްރީން ކްލައިމެޓް ފަންޑަށް ރާއްޖޭގެ ފަރާތުން ކުރިއަށް އޮތް 5 އަހަރު ދުވަހު ހުށަހަޅާނެ މަޝްރޫޢުތަކުގައި އިސްކަންދޭނެ ދާއިރާތައް ކަނޑައަޅައި، ކަންޓްރީ ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް، ގްރީން ކްލައިމެޓް ފަންޑާއި ޔޫ. އެން. އެންވަޔަރަންމަންޓްގެ އެހީ ލިބިގެން މި މިނިސްޓްރީން މި ގެންދަނީ ކުރަމުންނެވެ. މިގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާތައް ބާއްވައި، ބައެއް މަޝްރޫޢު މިހާރު ވަނީ ފާހަގަކުރެވިފައެވެ.

މި މަސައްކަތުގައި ވީހާ ވެސް ގިނަ ފަރާތްތަކެއްގެ ބައިވެރިވުމާއި ޚިޔާލު ހޯދުމުގެ ގޮތުން، ރާއްޖޭގެ ފަރާތުން ތައްޔާރުކުރާ ޕައިޕްލައިންގައި، މި ފަންޑްގެ އެހީގައި ރާއްޖޭގައި ހިންގިދާނެ މޫސުމަށް އަންނަ ބަދަލުތަކާބެހޭ މަޝްރޫއުތަކަށް ކޮންސެޕްޓް ހުށަހެޅުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލަމެވެ. މިގޮތުން ލިބޭ އިތުރު ޚިޔާލުތަކުގެ އަލީގައި ޕައިޕްލައިން އަޕްޑޭޓްކޮށް، މި އަހަރުގެ އޯގަސްޓްމަހު ފައިނަލައިޒްކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވީމާ، މިފަދަ ކޮންސެޕްޓްތައް ހުށަހަޅުއްވަން ޝައުޤުވެރިވާ ފަރާތްތަކުން، ހުށަހަޅާ މަޝްރޫޢުގެ ލޮޖިކަލް ފްރޭމްވާރކް ފުރިހަމަކުރެއްވުމަށްފަހު، 23 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީގެ އީމެއިލް އެޑްރެސް،[email protected]   އަށް ފޮނުއްވައިދެއްވުން އެދި ދެންނެވީމެވެ. ގްރީން ކްލައިމެޓް ފަންޑުގެ ކޮންސެޕްޓް ނޯޓް ޓެމްޕްލޭޓާއި، ލޮޖިކަލް ފްރޭމްވާރކް ޓެމްޕްލޭޓް، އަދި ފަންޑުން އެހީދޭ މަޝްރޫޢުތަކުގައި ހުންނަން ޖެހޭ ޝަރުތުތަކުގެ މަޢުލޫމާތު މި މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެއްވެން ހުންނާނެއެވެ. މިކަމާބެހޭ އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް އިސްވެ ދެންނެވުނު އެޑްރެހަށް އީމޭލް ކުރެއްވުން އެދެމެވެ.

 

08 މޭ 2019