މަސައްކަތް
ނަންބަރު: C15C-A/2019/13
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2019
ޕަބްލިޝްކުރި ގަޑި: 12:07
ސުންގަޑި: 26 މޭ 2019 11:00
މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓްރޫމުގެ ބެކްޕެނަލް ހެދުމުގެ މަސައްކަތް

ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓުންދޭ މަޢުލޫމާތާ އެއްގޮތަށް ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓްރޫމުގެ ބެކްޕެނަލް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު މިކޯޓުގެ ނަމްބަރ C15C-A/2019/09 އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ޙާޟިރުވީ އެންމެ ފަރާތަކުން ކަމަށްވާތީ އެ އިޢުލާން ބާޠިލުކޮށް މި މަސައްކަތަށް އަލުން ފުރުޞަޠު ހުޅުވާލަމެވެ.

ވީމާ، ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓުންދޭ މަޢުލޫމާތާ އެއްގޮތަށް ށ.ނަރުދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓްރޫމުގެ ބެކްޕެނަލް ހެދުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން 19 މެއި 2019 ވާ އާދީއްތަ ދުވަހުގެ 11:00 ށ.ނަރުދޫ މެޖިސްޓްރޭޓްކޯޓަށް ވަޑައިގެން މައުލޫމާތު ސާފުކުރެއްވުމަށްފަހު 26 މެއި 2019 ވާ އާދީއްތަ ދުވަހުގެ 11:00 ށް އަންދާސީ ހިސާބު ހިއްޕަވައިގެން ށ.ނަރުދޫ މެޖިސްޓްރޭޓްކޯޓަށް ވަޑައިގެންދެއްވުން އެދެމެވެ.

މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ބޭފުޅުންގެ އަންދާސީ ހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތަކާއި، މައުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމެވެ.

12 މޭ 2019