މަސައްކަތް
ނަންބަރު: (IUL)GS-23/PRIV/2018/18
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2019
ޕަބްލިޝްކުރި ގަޑި: 11:48
ސުންގަޑި: 23 މޭ 2019 10:00
މ. އަތޮޅު ތަޢުލީމީ މަރުކަޒު
ދިވެހިރާއްޖެ
2019 ވަނަ އަހަރަށް ސްކޫލް ފެރީއެއް ހޯދުމާއިގުޅޭ

g

 

 

 

މ. އަތޮޅު ތަޢުލީމީ މަރުކަޒު

މ. މުލި / ދިވެހިރާއްޖެ

                                                         ނަންބަރ: (IUL)GS-23/PRIV/2019/18  

އިޢުލާން

 

2019 ވަނަ އަހަރަށް ސްކޫލް ފެރީއެއް ހޯދުމާއިގުޅޭ

     2019 ވަނަ އަހަރު މ.އަތޮޅު ތަޢުލީމީ މަރުކަޒުގައި ތަޢުލީމް ޙާޟިލްކުރަމުންދާ މ.ނާލާފުށީ ދަރިވަރުން މ.މުއްޔަށް ކިޔަވަން ގެނައުމާއި ގެންދިއުމަށް ފެރީއެއް ހޯދަންބޭނުންވެގެންކުރި މިމަރުކަޒުގެ ނަންބަރ (IUL)GS-23/PRIV/2019/14  (09 އޭޕްރީލް 2019) އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ބޭއްވި ބައްދަލުވުމުގައި ދޭންޖެހޭ ވަރަށް މުހިންމު މަޢުލޫމާތެއް ދެވިފައިނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިޢުލާނުކުރަމެވެ.

        މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 21 މެއި 2019 ވާ އަންގާރަ ދުވަހުގެ 11:00 ގައި މި މަރުކަޒުގެ އޮފީހުގައެވެ.

    އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 23 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 10:00 ގައި މި މަރުކަޒުގެ އޮފީގައެވެ. އަދި މަޢުލޫމާތު ދިނުމުގެ ބައްދަލުވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

    އަދި އަންދާސީ ހިސާބު ހުށައަޅުއްވާއިރު ތިރީގައިމިވާ ޝަރުތުތަށް ފުރިހަމަވާ އުޅަނދެއް ހުށައެޅުމަށް ސަމާލުކަންދެއްވަންވާނެއެވެ.

  1. ސަރުކާރުގެ ކަމާބެހޭ ފަރާތްތަކުން ހުއްދަ ދެއްވާފައިވާ ސަލާމަތީ ސެޓްފިކެޓް އޮތް އުޅަނދަކަށް ވުން.
  2. ކިޔަވާކުދިން އުފުލަން އެކަށީގެންވާ ގޮތަށް ތައްޔާރުކުރެވިފައިވާ އުޅަނދެއްކަމުގައިވުން.
  3. ފާހާނާ ގެ ނިޒާމް ގާއިމް ކުރެވިފައިވާ އުޅަނދެއްކަމުގައިވުން.
  4. ދަތުރުކުރާ ވަގުތުތަކުގައި މުވާސަލާތީ ނިޒާމް ހަމަޖެހިފައިވުން.

           ވީމާ، މިކަން ޢާންމުކޮށް އަންގާ އިޢުލާނު ކުރީމެވެ.

      07 ރަމަޟާން 1440 

       12 މެއި  2019

                                                                 އާމިނަތު ޢަލީ

                                                                 ޕްރިންސިޕަލް

             

ފޯނު ނަންބަރ: 7952901  ފެކްސް ނަންބަރ: 6720002 / މ. އަތޮޅު ތަޢުލީމީ މަރުކަޒު

Email: [email protected]

12 މޭ 2019