ދިވެހިރާއްޖެ
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓް
މާލެ،ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު |
ނަންބަރު: 198A/2019/58 |
|
ތާރީޚް: 12 މޭ 2019 |
||
މަޤާމު |
ކޯޓު އެޑްމިނިސްޓްރޭޓަރ |
ރޭންކް: އީ.އެކްސް 1 |
ޢަދަދު |
1 |
|
މަސައްކަތްކުރަންޖެހޭ ތަން |
ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓް |
|
އަސާސީ މުސާރަ |
-/8,835 ރުފިޔާ |
|
އެލަވަންސް |
- ސަރވިސް އެލަވަންސް: -/2000 (ދެހާސް ރުފިޔާ) - ލިވިންގ އެލަވަންސް: -/2550 (ދެހާސް ފައްސަތޭކަ ފަންސާސް ރުފިޔާ) - ޖުޑީޝަލް އެލަވަންސް: މުސާރައިގެ -/3092.25 ( އަސާސީ މުސާރައިގެ %35 ) - ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ. - ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ. |
|
އަސާސީ ޝަރުޠު
|
1- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތު ކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން. ނުވަތަ 2- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 8،7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން. ނުވަތަ 3- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 6،5 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު،މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ 4- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގައި 9 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާލިބިފައިވުން، ނުވަތަ 5- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، MS4 ރޭންކުގައި، މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން، ނުވަތަ 6- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، MS3 ރޭންކުގައި، މަދުވެގެން 6 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާލިބިފައިވުން. ނުވަތަ 7- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، MS2 ރޭންކުގައި، މަދުވެގެން 9 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން، ނުވަތަ 8- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާސިލްކޮށްފައިވުމާއެކު، EX1 ރޭންކުގެ މަޤާމެއްގައި މަސައްކަތް ކުރަމުންދާ މީހެއްކަމުގައި ވުން. |
|
މަޤާމުގެ މައިގަނޑު މަސައްކަތްތައް |
އިދާރީ މަސްއޫލިއްޔަތު: 1- ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ އިދާރީ މަސައްކަތްތައް އިންތިޒާމްކޮށް، ކަނޑައެޅިފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން ހަރުދަނާ ކަމާއެކު ކޯޓުތަކުން ދޭންޖެހޭ އެންމެހާ ޚިދުމަތްތައް ދޭނެ އިންތިޒާމްތައް ހަމަޖެއްސުމާއި، އެ ޚިދުމަތްތައް އެއްގޮތްކޮށް ރާވައި ހިންގައި ބެލެހެއްޓުން. 2- ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ އެންމެހާ މުވައްޒަފުން މަސައްކަތަށް އަހުލުވެރިކޮށް، މުވައްޒަފުންގެ މެދުގައި ޚިދުމަތް ދިނުމުގެ ރޫޙު އުފައްދައި ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ މުވައްޒަފުންނަށް މަސައްކަތް ކުރެވޭނެ ރަނގަޅު މާހައުލެއް ޤާއިމްކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން. 3- ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ ލިޔެކިއުންތައް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުމުގެ އިންތިޒާމުތައް ހަމަޖެއްސުން 4- ޖުޑީޝަލް ދާއިރާގެ ކޯޓުތަކަށް ކަނޑައެޅިފައިވާ އުސޫލުގެ މަތިން ނުވަތަ ކުރިމަތިވާ ޙާލަތްތަކަށް ނިޔާކުރާގޮތުން ދަތުރުތައްކޮށް އެކޯޓުތަކުގެ އިދާރީ ހިންގުން ސުޕަވައިޒްކޮށް، ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓާއި ކޯޓުތަކުގެ މެޖިސްޓްރޭޓުންގެ އިރުޝާދާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން. 5- ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ ރެކޯޑުތައް ރައްކާތެރިކަމާއެކު ބެލެހެއްޓުމަށްޓަކައި ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝނުގެ މަޝްވަރާގެ މަތިން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުން. 6- ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގެ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އެއް އުޞޫލަކުން އެ ޚިދްމަތް ފަސޭހަ ކަމާއެކު، ލިބޭނެ އިންތިޒާމްތައް ހަމަޖެއްސުން. 7- ޖުޑީޝަލް ދާއިރާގެ ކޯޓުތަކުން ރެކޯޑް ސާފުކޮށްދޭންޖެހޭ ފަރާތްތަކުގެ ރެކޯޑު ސާފުކޮށް ދިނުމުގެ މަސައްކަތް ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް އަވަސްގޮތެއްގައި ހިންގައި ބެލެހެއްޓުން. 8- ޖުޑީޝަލް ދާއިރާގެ ކޯޓުތައް ހުޅުވާ ލެއްޕުމުގެ އިންތިޒާމް ހަމަޖެއްސުން. 9- ޖުޑީޝަލް ދާއިރާގެ ކޯޓުތަކުގައި ތައްޔާރުކުރަންޖެހޭ އަހަރީ ރިޕޯޓާއި، ފައިސާގެ ރިޕޯޓާއި، ތަފާސް ހިސާބުގެ ރިޕޯޓުތައް މޮނިޓަރ ކުރުމާއި، އަދި މިނޫންވެސް ޝަރުޢީދާއިރާގެ ބޭނުމަށް ފޮނުވަންޖެހޭ އެންމެހާ ރިޕޯޓުތައް ދާއިރާގެ ކޯޓުތަކުން ހޯދައި، ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވުމުގެ ކަންތައްތައް އިންތިޒާމުކޮށް ބެލެހެއްޓުން. 10- ޝަރުޢީދާއިރާގެ ސްޓްރެޓިޖިކް ޕްލޭނާއި، އަހަރީ އެކްޓިވިޓީ ކަލަންޑަރާއި ޗުއްޓީ ކަލަންޑަރު އެކުލަވާލުމަށް ކޯޓުތަކުން ބޭނުންވާ މަޢުލޫމާތު ހޯދައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ފޮނުވުން. 11- ޝަރުޢީ ދާއިރާގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ޑިޕާޓްމަންޓު އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން. ހިއުމަން ރިސޯސް ދާއިރާއިން ކުރަންޖެހޭ މަސައްކަތް:
ފައިސާއާ ބެހޭ ކަންތައްތައް:
ޢިމާރާތް މަރާމާތު ކުރުމާއި ބެލެހެއްޓުން.
ޕްރޮކިއުމަންޓް ބެލެހެއްޓުން:
އިންފޮރމޭޝަން ޓެކްނޮލެޖީގެ ރޮނގުން ކުރަންޖެހޭ މަސައްކަތްތައް: ދާއިރާގެ ކޯޓުތަކުގެ އިންފޮރމޭޝަން ޓެކްނޮލެޖީ އިންފްރާސްޓްރަކްޗަރ ސުޕަވައިޒު ކުރުމާއި މިކަމަށް ބޭނުންވާ ލަފާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ދިނުން. މެމްސް ގާއިމުކުރެވިފައިވާ ކޯޓުތަކުގައި:
|
|
ހުށަހަޅަންޖެހޭ ތަކެތި
|
1- ޝަރުޢީދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. 2- ކުރިމަތިލާ ފަރާތުގެ ވަނަވަރު. 3- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 4- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 5- މަޤާމަށް ކުރިމަތިލާ ފަރާތަކީ ޤައުމީ ސަނަދުތަކުގެ ލެވެލް ކަނޑައެޅިފައިވާ ކޯހެއް ފުރިހަމަކޮށް ސެޓްފިކެޓް ނުލިބޭ ފަރާތެއް ނަމަ، ކޯސް ފުރިހަމަ ކުރެއްވިކަމުގެ ރަސްމީ ލިޔުމާއެކު، މޯލްޑިވްސް ކޮލފިކޭޝަން އޮތޯރިޓީއިން ކޯހުގެ ލެވެލް ބަޔާންކޮށް ދޫކޮށްފައިވާ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓް. (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) 6- އަދާކޮށްފައިވާ އަދި އަދާކުރަމުންދާ ވަޒީފާތަކާއި، އެމަޤާމުތަކުގެ ކްލެސިފިކޭޝަނާއި، ރޭންކް، މަޤާމުގައި ވީ މުއްދަތު އަދި މަސްއޫލިއްޔަތު އެނގޭނެ ލިޔުންތަކުގެ ކޮޕީ (އަސްލާ އެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑުޖަހާފައިވާ އަސްލުގެ ކޮޕީ) |
|
ސުންގަޑި |
21 މޭ 2019 ވާ އަންގާރަ ދުވަހުގެ 12.30 ގެ ކުރިން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ނުވަތަ ގދ. ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހުށަހެޅުއްވުން އެދެމެވެ.
|
|
އިތުރު މަޢުލޫމާތު |
|
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައް |
ކޯޓް އެޑްމިނިސްޓްރޭޓަރ މަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި، މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބަލައެވެ. މިގޮތުން މިބައިތަކަށް މާކްސް ކަނޑައެޅިފައިވަނީ:
|
|
މަޤާމަށް މީހުން ހޮވުމުގައި އިސްކަން ދެވޭނެ ކަންތައްތައް |
|