ޢާންމު މަޢުލޫމާތު
                	
                ނަންބަރު: GS-177/IUL/2019/03
                    ޕަބްލިޝްކުރި ތާރީޚް: 11 މޭ 2019
                    ޕަބްލިޝްކުރި ގަޑި:  09:27
                                            ސުންގަޑި: 
                            23 މޭ 2019 11:00
                        
                    
                ކަނޑޫދޫ ސްކޫލް
ދިވެހިރާއްޖެ
            ދިވެހިރާއްޖެ
ހެނދުނު ދަންފަޅީގެ ދަރިވަރުންނަށް ނާސްތާ ތައްޔާރު ކުރާނެ ފަރާތެއ ހޯދުމަށް
                                | 
 ކަނޑޫދޫ ސްކޫލު  | 
|
| 
 ތ.ކަނޑޫދޫ  | 
|
| 
 ދިވެހިރާއްޖެ.  | 
އިޢުލާން ނަންބަރ: GS-177/IUL/2019/03
ހެނދުނު ދަންފަޅީގެ ދަރިވަރުންނަށް ނާސްތާ ތައްޔާރު ކުރާނެ ފަރާތެއ ހޯދުމަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި ސްކޫލްގެ ހެނދުނުގެ ދަންފަޅީގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ތައްޔާރުކޮށްދިނުމުގެ މަސައްކަތަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ.
 
- މިބީލަންތަކުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2019މެއި12 އިން 2019މެއި15 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނަންނޯޓް ކުރެއްވުން އެދެމެވެ.
 
- މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019މެއި16ވާ ބުރާސްފަތި ދުވަހުގެ 13:00ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
 
- މިޕްރޮޖެކްޓާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2019 މެއި19 ވާ އާދިއްތަ ދުވަހުގެ 11:00 ގައިމިސްކޫލްގައެވެ.
 
- ބީލަން ހުޅުވުން އޮންނާނީ 2019މެއި 23ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
 
- މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި 5,000/- (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
 
- މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.
 
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
 
ކަނޑޫދޫ ސްކޫލު
ތ.ކަނޑޫދޫ
ފޯން:6780573 / 7906486
އީ-މެއިލް: [email protected]
ކޮޕީ އީ-މެއިލް : [email protected]
07 ރަމަޟާން 1440
11 މެއި 2019
                11 މޭ 2019