ވަޒީފާގެ ފުރުޞަތު
ނަންބަރު: N-10HC/THC/IULAAN/2019/02
ޕަބްލިޝްކުރި ތާރީޚް: 12 މޭ 2019
ޕަބްލިޝްކުރި ގަޑި: 09:05
ސުންގަޑި: 26 މޭ 2019 01:00
ކޮޅުމަޑުލު ތިމަރަފުށީ ޞިއްޙީ މަރުކަޒު
ދިވެހިރާއްޖެ
ރިސެޕްޝަނިސްޓް

ރިސެޕްޝަނިސްޓް

މަޤާމު:

J-308139

މަޤާމްގެ ނަންބަރ:

01

ބޭނުންވާ އަދަދު:

ދާއިމީ

މަޤާމުގެ ގިންތި:

ޖީ. އެސް. 3

މަޤާމުގެ ރޭންކް:

އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން:

ތިމަރަފުށީ ސިއްޙީމަރުކަޒު/ ތ.ތިމަރަފުށި

ވަޒީފާ އަދާކުރަން ޖެހޭ ތަން:

-/4465 ރުފިޔާ

މުސާރަ:

-/1500 ރުފިޔާ

-/700 ރުފިޔާ

ސަރވިސް އެލެވަންސް:

ސަޕޯޓިންކޯ އެލަވަންސް 2 :

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ އާއި ރިސްކް އެލަވަންސް. 

އެހެނިހެން އެލަވަންސް:

  1. ޞިއްޙީމަރުކަޒަށް ހިދުމަތް ލިބިގަތުމަށް އަންނަ ފަރާތްތަކަށް މަރުހަބާ ކިޔައި އެމީހުންނަށް މަރުކަޒުން ދެވެންހުރި ހިދުމަތްތައް މަގުފަހިކޮށްދިނުން.
  2. މަރުކަޒަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވެ ފޯނުންލިބޭ މެސެޖް ވީ އެންމެ އަވަހަކަށް އެމެސެޖް ރައްދުވާ ފަރާތްތަކަށްކަށް ރައްދުކޮށްދިނުން.
  3. މަރުކަޒަށް އަންނަ ފޯންކޯލްތަކަށް ޖަވާބުދާރީވެ ފޯނުންލިބޭ މެސެޖް ވީ އެންމެ އަވަހަކަށް އެމެސެޖް ރައްދުވާ ފަރާތްތަކަށްކަށް ރައްދުކޮށްދިނުން.
  4. މަރުކަޒަށް ލިބޭ ނުވަތަ އަންނަ ތަކެތި ބަލާގަނެ އެ ތަކެތި އެންޓްރީ ކުރުމަށްފަހު ރައްދު ކުރަންޖެހޭ ފަރާތައް ރައްދުކުރުން.
  5. އޯޕީޑީގައި (ރިސެޕްޝަނުގައި) ހުންނަ ފޮތްތަކާއި ތަޅުދަނޑިތައް ހަމަޖެހިފައިވާ އުސޫލުން ބެލެހެއްޓުން.
  6. އަތޮޅު ހޮސްޕިޓަލްއާއި ރީޖަނަލް ހޮސްޕިޓަލްގައި މަސައްކަތްކުރާ ސްޕެސިލިސްޓުންގެ ޑިއުޓީއާއި ބެހޭ މައުލޫމާތު ހޯދައި ހިދުމަތްލިބިގަނަން އަންނަ މީހުންނަށް މަޢުލުމާތު ދެވޭވަރަށް މައުލޫމާތު ހޯދުން
  7. ވަގުތުން ފަރުވާ ދޭންޖެހޭ ސީރިއަސް ބަލިމީހެއް ނަމަ ލަސްނުކޮށް އެބަލިމީހަކަށް ފަރުވާ ދެވޭނެ  ގޮތައް މަގުފަހިކޮށްދިނުން.
  8. ބަލިމީހުންނަށް ހިދުމަތްދިނުމުގައި އޮންނަ އުސޫލާއި އެއްގޮތްވާ ގޮތުގެ މަތިން ހިދުމަތް ލިބޭފަރާތްތަކަށް ހައްދަންޖެހޭ މެމޯ ނުވަތަ ފައިސާގެ ރަޝީދު ހެއްދުން.
  9. މަރުކަޒުން ދެވޭ އާސަންދައިގެ އެންމެހާހިދުމަތް ތައް ދިނުމުގައި ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމާއި ކަނޑައެޅިފައިވާ ދުވަހަށް ބިލްތައް ތައްޔާރުކޮށް ފޮނުވުން.
  10. މީގެ އިތުރުން ވެސް ސެކްޝަނުގެ ވެރިން އަންގަވާ ގޮތެއްގެ މަތިން، ވަޒީފާގެ މަސްއޫލިއްޔަތާއި ގުޅުން ހުރި އޮފީހުގެ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

 

މަޤާމުގެ ޝަރުޠުތައް:

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ތިމަރަފުށީ ސިއްޙީމަރުކަޒުގެ އޮފީހުން ލިބެންހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ، ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

 (ހ)  މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ)  މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.
  2. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
  3. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)  އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ތަޢުލީމާއި ތަމްރީން ( ލިބިފައިވާ ތަޢުލީމު ، މަގާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ތަމްރީން )
  2. އިމްތިޙާން ''ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން''
  3. މަސައްކަތުގެ ތަޖްރިބާ ( މަގާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ )
  4. ލިބިފައިވާ ހުނަރު ( އިންޓަރވިއު / ޕްރެކްޓިކަލްސް )

ނޯޓް: މަގާމަށް ޢައްޔަން ކުރުމަށް، ވަޒީފާއަށް އެދިފައިވާ މީހާއަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން ލިބުނު ޕޮއިންޓުގެ ޖުމްލަ %45 ( ސާޅީސް ފަހެއް ) އިންސައްތައަށްވުރެ މަތިވާން ޖެހޭނެއެވެ.  

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 26 މެއި 2019 ވާ އާދީއްތަ ދުވަހު ގެ13:00ގެ ކުރިން، ތިމަރަފުށީ ސިއްޙީމަރުކަޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް ([email protected]) އަދި ފެކްސް (6780503) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ  ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ  30 މެއި 2019 އާއި 10 ޖޫން 2019 އާ ދެމެދު، ތ.ތިމަރަފުށީ ސިއްޙީމަރުކަޒު ގައެވެ.

 

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. 

ޝޯޓް ލިސްޓްކުރުން:

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6780503 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ، 6780503 އެވެ. އީ-މެއިލް ކުރާނީ  [email protected]  އަށެވެ.

12 މެއި 2019

 

12 މޭ 2019