މަސައްކަތް
ނަންބަރު: FNK-I/IUL/2019/087
ޕަބްލިޝްކުރި ތާރީޚް: 09 މޭ 2019
ޕަބްލިޝްކުރި ގަޑި: 13:21
ސުންގަޑި: 15 މޭ 2019 09:30
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ދ.ހުޅުދެލި އިންޖީނުގޭ އިމާރަތުގެ ނުނިމި ހުރި މަސަތްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ:

 

ނަންބަރު:FNK-I/IUL/2019/087

 

 

އިޢުލާން

ދ.ހުޅުދެލި އިންޖީނުގޭ އިމާރަތުގެ ނުނިމި ހުރި މަސަތްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމާ ގުޅޭ:

 

     މިކުންފުނިން ދޭ މަޢުލޫމާތާއި، ކުރެހުމާއި، ބީ.އޯ.ކިޔުއާއި އެއްްގޮތަށް  ދ.ހުޅުދެލި އިންޖީނުގޭ އިމާރާތުގެ ނުނިމި ހުރި މަސައްކަތްތައް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

     މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 15 މެއި 2019 ވާ ބުދަ ދުވަހުގެ 9:30 އަށް މި ކުންފުނީގެ ހެޑް އޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ދ.ހުޅުދެލި ބްރާންޗަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 22 މެއި 2019 ވާ ބުދަ ދުވަހުގެ 9:30 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށަހަޅާނީ މި ކުންފުނީގެ ހެޑްއޮފީސް (ޕޯރޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އަށް ނުވަތަ ދ.ހުޅުދެލި ބްރާންޗަށެވެ.

     މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި މި އިޢުލާނާއި ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ހުށަހެޅުމަށް ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް، އަންދާސީ ހިސާބު ބަލައިގަންނަ ގަޑީގައި ރިޖެކްޓްކުރެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައި ބާތިލް ކުރުމުގެ ފުރިހަމަ އިޙްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެެވެ.

              04 ރަމަޟާން 1440

              09   މެއި  2019

            

 

09 މޭ 2019