ޢާންމު މަޢުލޫމާތު
ނަންބަރު: Q10C-A/2019/06
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 11:38
ސުންގަޑި: 12 މޭ 2019 12:30
ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫ މެޖިސްޓްރޭޓް ކޯޓު
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ ހޯދުމަށް

އިޢުލާން

ވަޒީފާގެ ފުރުޞަތު

ނަންބަރ:Q10C-A/2019/7

ތާރީޚް: 25 އެޕްރީލް 2019

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

ރޭންކް:-   GS3       

އަދަދު

01

މަސައްކަތްކުރަންޖެހޭ ތަން

ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓް

އަސާސީ މުސާރަ

-/4465

އެލަވަންސް

-   ސާރވިސް އެލަވަންސް -/1500

-   ޖުޑީޝަލް އެލަވަންސް: މުސާރައިގެ %35

-   ލިވިން އެލަވަންސް:-/2550

-   ކަނޑައެޅިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

އަސާސީ ޝަރުޠު

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުމާއި އެކު ، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ލިބިފައިވުމާއި އެކު ، ސެކަންޑްރީ ސުކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މިމާއްދާއިން ދަށްވެގެން "ސީ" ލިބިފައިވުން ، ނުވަތަ

2- މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކްހެއް ލިބެމުންދިޔުމާއި އެކު GS2 ރޭންކުގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތު

1- އިދާރީ ގޮތުން އަންނަ މެސެޖް/ސިޓީތަކަށް ޖަވާބު ދިނުން.

2- މުއައްޒަފުންނާއި ގުޅޭ އެންމެހައި މަސައްކަތް

3- އެންޓްރީ ބެލެހެއްޓުމާއި،ޔައުމިއްޔާ ލިޔުން.

 

4- ވަކީލުންގެ ދަފްތަރު ބެލެހެއްޓުން

ހުށަހަޅަންޖެހޭ ތަކެތި

1- ޝަރުއީދާއިރާގެ ވަޒީފާއަށް އެދޭ ފޯރމް.

2- ކުރިމަތިލާ ފަރާތުގެ ވަނަވަރު.

3- ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

4- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ފެންވަރު ބަލާފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަސްލާއެއްގޮތްކަމަށް ސަރުކާރުގެ އޮފީހަކުން ތައްގަނޑުޖަހާފައިވާ އަސްލު ).

5- ވަޒީފާއެއްގައި އުޅެފައި ނުވަތަ އުޅޭ ފަރާތެއްނަމަ އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ މަސްޢޫލިއްޔަތު އަދި ވަޒީފާގެ ރޭންކް އެނގޭ ފަދަ ރަސްމީ ލިޔުމެއް .

6- ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރަމުންދާނަމަ އެންމެފަހުން ވަޒީފާ އަދާކުރި ދެ އަހަރު ދުވަހުގެ މަސައްކަތުގެ ފެންވަރުބެލުމުގެ ނިޒާމުން ލިބިފައިވާ މާކްސް އެގޭނެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

7- ވަޒީފާއެއް އަދާކޮށްފައިވާނަމަ ނުވަތަ އަދާކުރަމުންދާނަމަ ވަޒީފާގައި އުޅޭ ނުވަތަ އުޅުނު ކަމުގެ ލިޔުން(ވަޒީފާގެ ނަމާއި،ވަޒީފާގެ މުއްދަތު،ވަޒީފާގެ ކްލެސިފިކޭޝަނާއި މުސާރަ އަދި ވަޒީފާގެ މައްސޫލިއްޔަތު އެގޭގޮތަށް) މިފަދަ ލިޔުމެއްގެ ގޮތުގައި އަދާކުރި ނުވަތަ އަދާކުރާ ވަޒީފާގެ ވަޒީފާ ބަޔާނަށް ބަލައި ޕޮއިންޓް ނުދެވޭނެއެވެ.

8- ޝަރުއީ ދާއިރާގެ ވަޒީފާ އަދާކުރާ ފަރާތެއްނަމަ ފާއިތުވި އަހަރުގެ މަސައްކަތުގެ ފެންވަރު ބެލުމުގެ ފޯމާއި، އަދި މުއައްޒަފުގެ އުޅުމާއި އަޚުލާގު އެގޭނެފަދަ ލިޔުމެއް ހުށަހެޅުން(މިހާރު ކޯޓުގައި މަސައްކަތް ކުރަމުންދާ މުވައްޒަފެއްނަމަ މިލިޔުން ހުށަހަޅާކަށް ނުޖެހޭނެއެވެ.)

9- ސަރުކާރު ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކުރާ މީހަކު މިވަޒީފާއަށް ހޮވިއްޖެނަމަ ވަޒީފާއިން ވަކިކޮށްދޭނެކަމަށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

އިތުރު އިރުޝާދު

  • ކޯސްނިމި ސެޓްފިކެޓް ލިބިފައި ނުވާނަމަ،ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީއިން ދޫކުރާ ލިޔުމާއި، ޓްރާންސް ކްރިޕްޓާއި، އެކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ޤަބޫލްކުރާ ކޯހެއްކަމާއި، އެކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލްގައި އެކްރިޑެޓް ކޮށްދެވޭނެކަން އެގޭނެފަދަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުމަކާއި އެކު ހުށަހަޅަންވާނެއެވެ.
  • ޝަރުއީ ދާއިރާގެ މުއައްޒަފުންގެ ޤަވާއިދު86 ވަނަ މާއްދާގައިވާ ގޮތުގެ މަތީން މިމަޤާމަށް ހޮވޭ މުއައްޒަފު ދާއިމީ ކުރެވޭނީ 03 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތުގައި އެމުއައްޒަފެއްގެ ޕާފޯމަންސްއަށް ބެލުމަށްފަހުގައެވެ.
  • މަތީގައިވާ މަޤާމްގެ އިންޓަވިއުއަށް ދައުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ. ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަވިއުއަށް ޙާޟިރުވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނަށްވާނެއެވެ.

ސުންގަޑި:

12 މެއި 2019 ވާ އާދިއްތަ ދުވަހުގެ 12:30 .

އިތުރު މަޢުލޫމާތު

-      މިމަޤާމަށް އެދޭ ފަރާތްތަކުން ހުށަހަޅަންޖެހޭ ވަޒީފާއަށް އެދޭ ފޯމް މިކޯޓުގެ ކައުންޓަރުން ލިބެންހުންނާނެވެ.

 

 

25 އޭޕްރިލް 2019