ޢާންމު މަޢުލޫމާތު
ނަންބަރު: _
ޕަބްލިޝްކުރި ތާރީޚް: 25 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 11:14
ނިލަންދެއަތޮޅު ދެކުނުބުރީ ކުޑަހުވަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭގޮތުން ޢަމަލުކުރަންޖެހޭ އުސޫލް

ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭގޮތުން ޢަމަލުކުރަންޖެހޭ އުސޫލް

1. ތަޢާރުފާއި ނަން     

(ހ) މިއީ، ކުޑަހުވަދޫ ކައުންސިލުގެ ޤަވާއިދު ނަންބަރު: 2013/R-1656  ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭ ޤަވާޢިދު" ގެ 09 ވަނަ މާއްދާގައިވާ ގޮތުގެމަތިން އެ ޤަވާޢިދު ނަގަހައްޓައި ހިންގުމަށްޓަކައި އެކުލަވާ ލެވިފައިވާ " ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭގޮތުން ޢަމަލުކުރަންޖެހޭ އުސޫލް " އެވެ.

(ށ) މި އުޞޫލަށް ކިޔާނީ " ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭގޮތުން ޢަމަލުކުރަންޖެހޭ އުސޫލް " އެވެ.

2. ޢަމަލު ކުރަން ފަށާ ތާރީޚު

މި އުޞޫލަށް ޢަމަލު ކުރަން ފަށާނީ، މި އުސޫލް ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރާ ތާރީޚުން ފެށިގެންނެވެ.

3. ހުއްދައާއި ނުލައި ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުން

(ހ) ރަށުތެރޭ ޢާއްމު ސަރަޙައްދުތަކުގައި ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލައުޑް ސްޕީކަރު ބޭނުންކޮށްގެން ލަވަޖަހާ ހެދުމަކީ މި އުސޫލުގެ ދަށުން ކައުންސިލުން އެކަމަށް ނަގަންޖެހޭ ހުއްދައާއި ނުލައި މަނާކަމެކެވެ.

(ށ) ޢާއްމުވިޔަފާރިކުރާތަންތަނުގައި ހުންނަތަކެތި ވިއްކުމަށް ނުވަތަ ތަކެތި ލިބެންހުރިކަމަށް އެނައުންސްމަންޓްދިނުން މިއުޞޫލްގެ ތެރެއިން ހުއްދައެއްނުކުރެއެވެ. 

4. ކައުންސިލް އިދާރާގެ އަޑުގަދަކުރާ ބޭނުންކޮށްގެން އެންއުންސް މަންޓްތައް ދެވޭނެގޮތް

(ހ) މިއުޞޫލުގައި ހަމަޖެހިފައިވާ ގޮތުގެ މަތީން އެއްވެސް ފަރާތެއް ތަފާތުކުރުމެއްނެތި ހަމަހަމަ އުޞޫލަކުން ކައުންސިލްއިދާރާގެ އަޑުގަދަކުރާ ބޭނުންކޮށްގެން އެނައުސްމެންޓް ދެވޭނެއެވެ.

(ށ) މިއުޞޫލާއި ޚިލާފްނުވާ ގޮތެއްގެ މަތިން ސިޔާސީ ޕާޓީތަކުން ދޭން ބޭނުންވާ އެނައުންސްމަންޓްތައް ދެވޭނެއެވެ.

(ނ) އެނައުންސްމަންޓް  ދިނުމަށް ހަމަޖެހިފައިވަނީ 1 ލިޔުން 3 ފަހަރު ގޮވާގޮތަށެވެ. (ގޮވާކޮންމެފަހަރަކު  3 ފަރު  ރިޕީޓްކުރެވޭނެއެވެ)     

(ރ) މި އުސޫލުގެ ދަށުން ކައުންސިލުގެ އަޑުގަދަކުރާ މެދުވެރިކޮށް ޕަބްލިކް އެނައުންސްމަންޓްތައް ދެވޭނީ "އަޑުގަދަކުރާއިން ޕަބްލިކް އެނައުންސްމަންޓް ދިނުމަށް އެދޭ ފޯމް" ފުރުމަށްފަހު ކައުންސިލްގެ އިދރާއަށް ހުށަހެޅުމުންނެވެ.

5. ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުން މަނާ ވަގުތުތައް

ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭޤަވާޢިދުގެ (6) ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން، ނަމާދު ވަގުތުތަކުގައާއި ރޭގަނޑު 11:00 ން ހެނދުނު 8:00  އާ ދެމެދުގެ ވަގުތުތައް ފިޔަވައި އެހެން ކޮންމެ ވަގުތެއްގައި ލައުޑް ސްޕީކަރު ބޭނުންކުރުމަށާއި އަޑުގަދަކޮށް ލަވަޖެހުމަށް ހުއްދަ ދެވިދާނެއެވެ. ނަމަވެސް ޤައުމަށާއި ރަށަށް ދިމާވާ ކުއްލި ނުރައްކަލުގެ ޙާލަތްތަކުގައާއި ހާދިސާތަކާއި ގުޅިގެން ދޭންޖެހޭ އެނައުންސްމަންޓްތައް މިއުޞޫލުގައި މަނާކުރެވިފައިވާ ގަޑިތަކުގައި ދެވޭނީ ހަމައެކަނި ކުޑަހުވަދޫ ކައުންސިލަށެވެ.   

6. ހުއްދަނޫން އެނައުންސްމަންޓްތައް

(ހ) މިއުޞޫލުގެ ތެރެއިން އެއްވެސް ފަރާތެއްގެ އަބުރަށް އަރައިގަނެވިދާނެ ގޮތަށް މާނަކުރެވޭ އެނައުންސްމަންޓެއް ނުދެވޭނެއެވެ.

(ށ) ދައުލަތުގެ ސިޔާސަތުތަކާ ފުށައަރާ އެއްވެސް އެނައުންސްމަންޓެއް ދިނުން މިއުޞޫލުގެ ދަށުން ހުއްދައެއް ނުދެވޭނެއެވެ. 

(ނ) މިއުޞޫލުގެ ތެރެއިން ދެވޭއެއްވެސް އެނައުންސްމަންޓެއް ޢާއްމުބަހުރުވަ އާއި ތަފާތު ގޮތަކަށް ނުދެވޭނެއެވެ. އަދި ބޭއަދަބީ ބަހެއް ހިމެނޭ އެނައުންސްމެންޓެއްވެސް ނުދެވޭނެއެވެ.

(ރ) މިއުޞޫލްގެ ދަށުން ދިވެރާއްޖޭގެ ޤާނޫންތަކާއި ،ޤާނޫނުން ބާރު ލިބިގެން  ހެދިފައިވާ  އެންމެހާ ޤަވައިދުތަކާއި ފުށައަރާ ގޮތަށް ލިޔެފައިވާ އެއްވެސް އެނައުސްމަންޓެއް ދީގެންނުވާނެއެވެ.

7. ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުން މަނާ ސަރަހައްދުތައް

ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމާބެހޭޤަވާޢިދުގެ (7) ވަނަ މާއްދާއާ އެއްގޮތްވާ ގޮތުގެ މަތިން ސްކޫލް، ހޮސްޕިޓަލް ނުވަތަ ސިއްޙީ ޚިދުމަތްދޭ ތަންތަން، މިސްކިތް، ކޯޓު އަދި ކައުންސިލް އިދާރާ ކައިރި ސަރަހައްދުތަކުގައި އެތަންތަން ބަލަހައްޓާ ފަރާތުގެ ހުއްދައެއްނެތި އަޑުގަދަކޮށް ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖެހުމަކީ މަނާކަމެކެވެ.

8 ފިޔަވަޅު އެޅުން

މި އުސޫލް އާ ޚިލާފަށް ލައުޑް ސްޕީކަރު ބޭނުންކުރުމާއި އަޑުގަދަކޮށް ލަވަޖަހާ ހަދާ ފަރާތްތަކާ މެދު ޤާނޫނު ނަންބަރު 2010/11 (ޢާއްމު އިޖްތިމާޢީ މިންގަނޑުތަކާ ޚިލާފު ޢަމަލުތައް ހުއްޓުވުމުގެ ޤާނޫނު)ގެ 11 ވަނަ މާއްދާގެ (ހ) އަދި (ށ) ގެ ދަށުންނާއި، އިދަރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ 151 ވަނަ މާއްދާގެ (ޕ) ގެ ދަށުން ހަދާފައިވާ އާންމު އުނދަގުލާ ބެހޭ ގަވާއިދުގެ ދަށުން ފިޔަވަޅު އެޅޭނެއެވެ.

9. ޒިންމާވުން

(ހ) މިއުޞޫލްގެ ތެރެއިން ޕަބްލިކްކުރެވޭ އެނައުންސްމަންޓެއްގެ އެއްވެސް މައްސަލައެއް ދިމާވެއްޖެނަމަ އެކަމުގެ ޒިންމާ އުފުލަން ޖެހޭނީ ،އެނައުންސްމަންޓް ދިނުމަށް އެދި  ހުށަހެޅި ފޯމް ނުވަތަ ހުށަހެޅި  ލިޔުމުގައި ސޮއިކުރިފަރާތެކެވެ. ނަމަވެސް އޫޞުލައި ޚިލާފް  ކަމެއް ދިމާވެއްޖެނަމަ  ހުއްދަ ދިން ފަރާތަކާއި ، އެނައުންސަރު ގޮވުމުގައި ލިޔުމާއި ޚިލާފަށް ގޮވާފައިވާނަމަ އެކަންކަންވެސް ބެލުމަށްފަހު ޒިންމާކުރެވޭނެއެވެ.)

(ށ) މިއުޞޫލްގެ ތެރެއިން ދިނުމަށް ހުށަހަޅާ އެނައުންސްމަންޓްތައް މިއިދާރާއިން ބެލުމަށްފަހު އެ އެނައުންސްމަންޓެއް އިސްލާޙްކުރުމަށް އެދެފިނަމަ އިޞްލާޙް ކުރަން ވާނެއެވެ.

(ނ) މިއުޞޫލްގެ ދަށުންދެވޭ އެނައުންސްމަންޓްތައް ދޭންވާނީ މިއިދާރާއިން ދޭ ފޯމެއް ފުރުމަށް ފަހު އިޤުރާރުގައި ސޮއިކޮށް އެއްބަސްވެގެންނެވެ.

11. މާނަކުރުން

(ހ) މިއުޞޫލްގެ ދަށުން ޕަބްލިކް އެނައުންސްމަންޓް ކަމަށް މާނަކުރާނީ އަޑުގަދަކުރާ ނުވަތަ ލައުޑު ސްޕީކަރު ހަރުކޮށްގެން ދޭ އެނައުންސްމަންޓްތަކާއި، މެގަފޯނުބޭނުންކޮށްގެން ރަށުތެރޭގައި ދޭ އެނައުންސްމަންޓް ތަކާއި ،ސައުންޑު ބޭނުންކޮށްގެން ޕިކަޕްގަޔާއި ސްޕީކަރުތައް މަގުމައްޗަށް ނެރެގެންނާއި ، ގޭތެރޭގައި ބަހައްޓައިގެން ޢާއްމުއެންމެހާ ރައްޔިތުންނަށް  ދެވޭ އެނައުންސްމަންޓްތަކަށެވެ.    

(ށ) މިއުޞޫލަށް އެއްވެސް އުނި އިތުރެއް ގެނެވޭނި ކައުންސިލްގެ ޖަލްސާއަކުން އެޖަލްސާއަކަށް ޙާޒިރުވާ މެންބަރުންގެ އަޣުލަބިއްޔަތުން ކައުންސިލުން ފާސްކޮށްގެންނެވެ.

 12. މި އުޞޫލަށް ބަދަލު ގެނެވޭނޭގޮތް

މިއުޞޫލަށް ބަދަލު ގެނެވޭނީ، އެބަދަލެއް މި އުޞޫލުގައި ހިމެނުމަށްފަހު، ނުވަތަ އިސްލާޙް ކުރުމަށްފަހު ކައުންސިލުން ފާސްކޮށްގެންނެވެ.

25 އޭޕްރިލް 2019