ދިވެހިރާއްޖެ
c
ހައްދުންމަތީ މާމެންދޫ ކައުންސިލްގެ އިދާރާ
މާމެންދޫ / ދިވެހިރާއްޖެ
ނަންބަރ: (IUL)403-M/403/2019/47
އިޢުލާނު
މަގުބައްތިތައް މަރާމާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމާ ގުޅޭ
އަމިއްލަ ތަކެތީގައި މަގުބައްތިތައް މާރާތާތުކޮށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:(IUL)403-M/403/2019/14 (22 ޖަނަވަރީ 2019) އިޢުލާނާއި ގުޅިގެން 3 ފަރާތުން މަޢުލޫމާތު ސާފުކޮށްފައިނުވާތީ، އެ އިޢުލާން ބާޠިލްކޮށް އަލުން އެކަމަށް އެދި ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު ޕްރޮޕޯސަލް ހުށަހެޅުމަށް ދަންނަވަމެވެ.
* މަޢުލޫމާތު ދިނުން އޮންނާނީ: 13 މޭ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި
* ކޯޓޭޝަން ހުށަހެޅުން އޮންނާނީ: 20 މޭ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00ގައި
މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ ކޯޓޭޝަން ބަލައި ނުގަނެވޭނެ ވާހަކަ މަޢުލޫމާތައްޓަކައި ދެންނެވީމެވެ. މަޢުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑީކާޑް ނުވަތަ އައިޑީކާޑްގެ ކޮޕީއެއް ގެންނަންވާނެއެވެ. ކުންފުނި، ޖަމުއިއްޔާ، ޖަމާޢަތްތަކުން ނަމަ ރަޖިސްޓްރީ ކޮޕީއެއް ގެންނަންވާނެއެވެ.
މިހެންވެ މިކަން ޢާންމުކޮށް އަންގައި އިޢުލާނު ކުރީމެވެ.
03 ރަމަޟާން 1440
08 މޭ 2019
ޢަބުދުލް މުޙުސިން މުޙައްމަދު
ކައުންސިލްގެ ރައީސް