ދިވެހިރާއްޖެ
ސްޓްރެންތަނިންގ ލޯ-ކާބަން އެނާރޖީ އައިލެންޑް ސްޓްރެޓަޖީސް ޕްރޮޖެކްޓަށް ޓެކްނިކަލް އެކްސްޕާޓެއް ހޯދުމަށް
އަންދާސީ ހިސާބު ހުށަހެޅުއްވުމުގެ ދަޢުވަތު
މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އާއި ޔުނައިޓެޑް ނޭޝަންސް އެންވަޔަރަމަންޓް ޕްރޮގްރާމް (ޔޫ.އެން އެންވަޔަރަންމަންޓް) ގުޅިގެން ހިންގަމުންދާ 'ސްޓްރެންތަނިންގ ލޯ-ކާބަން އެނާރޖީ އައިލެންޑް ސްޓްރެޓަޖީސް' މަޝްރޫޢަށް ޓެކްނިކަލް އެކްސްޕާޓެއް ހޯދުމަށް ބޭނުންވެއެވެ.
ގްލޯބަލް އެންވަޔަރަމަންޓް ފެސިލިޓީ (ޖެފް) އިން ފަންޑުކޮށްގެން ހިންގަމުންދާ 'ސްޓްރެންތަނިންގ ލޯ-ކާބަން އެނާރޖީ އައިލެންޑް ސްޓްރެޓަޖީސް' މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، ޢިމާރާތްތަކުން ޖައްވަށްބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މި ދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި އަދި ތިމާވެއްޓާއި ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ. އަދި މިކަމާގުޅުންހުރި ސިޔާސަތުތަކާއި އަދި މިންގަނޑުތައް އެކުލަވާލުން ވެސް މި މަޝްރޫޢުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.
މި މިސައްކަތުގެ " ޓާރމްސް އޮފް ރިފަރެންސް " މި އިޢުލާނާއެކު ޑައުންލޯޑް ކުރެވޭގޮތަށް އެޓޭޗް ކޮށްފައި ހުންނާނެއެވެ. އަދި މި މިނިސްޓްރީގެ ވެބްސައިޓް www.environment.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.
މަޢުލޫމާތު ސާފުކުރުން
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ، އީ-މެއިލް ކުރައްވާނީ 14 މޭ 2019 ވާ އަންގާރަ ދުވަހުގެ 00:00 ގެ ކުރިން، ތިރީގައިވާ އީ-މެއިލް އެޑްރެހަށެވެ. އަދި އިސްވެދެންނެވުނު ސުންގަޑި ހަމަވުމުގެ ކުރިން ހުށަހެޅޭ ސުވާލުތަކުގެ ޖަވާބުތައް މިނިސްޓްރީގެ ވެބްސައިޓް (www.environment.gov.mv) މެދުވެރިކޮށް 16 މޭ 2019 ވާ ބުރާސްފަތި ދުވަހު އެރުވޭނެއެވެ.
ބީލަން ހުށަހެޅުން
ބީލަން ހުށަހަޅުއްވާނީ 23 މޭ 2019 ވާ (ބުރާސްފަތި) ދުވަހުގެ 11:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަޤުތު އަދި ބީލަން ހުށަހަޅާފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑިޖެހުމަށްފަހު ހުށަހަޅާ ބީލަންތަކާއި ކުރިންދެންނެވުނު ކަންތައްތައް ފުރިހަމަނުވާ ބީލަންތައް ބަލައިނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ
ބީލަން ވެލިޑިޓީ އަދި ބީލަން ހުޅުވުން
ބިޑު ހުޅުވުމަށް ހަމަޖެހިފައިވަނީ 23 މޭ 2019 ވާ (ބުރާސްފަތި) ދުވަހުގެ 11:15 ގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްގައި މި މަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަމުގެ މުއްދަތަކީ ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 60 ދުވަސް އޮންނަންވާނެއެވެ.
އަންދާސީ ހިސާބު ހުށަހަޅުއްވަން ވާނީ ތިރީގައި މިދަންނަވާ ގޮތަށް އެޑްރެސް ކޮށްފައެވެ.
“Do not Open Before 23rd May 2019 at 1115 - Technical Expert - Building and Appliance Energy Efficiency” and the submitting party’s name and address
Procurement Section
Ministry of Environment
Green Building, Handhuvaree Hingun, Maafannu
Male’, 20392, Republic of Maldives
Email: [email protected]
Website: www.environment.gov.mv
(Project name: Strengthening Low Carbon Energy Island Strategies (LCEI
Announcement number: (IUL)438-CCD/438/2019/100
ނޯޓް:
މަޢުލޫމާތު ފުރިހަމަނޫން ބިޑުތައް ބާތިލުކުރުމުގެ ފުރިހަމަ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓަށް ލިބިގެންވެއެވެ. އަދި ބިޑު ކޮންމެ ވަގުތެއްގައިވެސް ބާތިލުކުރުމުގެ އިޚްތިޔާރު މިނިސްޓްރީ އޮފް އެންވަޔަރަންމަންޓްއަށް ލިބިގެންވެއެވެ.