ތަމްރީނު
ނަންބަރު: (IUL)32-A4-CP/1/2019/35
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2019
ޕަބްލިޝްކުރި ގަޑި: 14:59
ސުންގަޑި: 30 މޭ 2019 12:30
އެޓަރނީ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން ހިންގުމަށް ހަމަޖެހިފައިވާ "އިންޓްރޮޑަކްޝަން ޓު އިންޓަރނޭޝަނަލް އާބިޓްރޭޝަން" ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓަރކުރުމުގެ ފުރުސަތު ހުޅުވާލުން

ނަންބަރު: IUL)32-A4-CP/1/2019/35)

 

 

 

މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން ހިންގުމަށް ހަމަޖެހިފައިވާ "އިންޓްރޮޑަކްޝަން ޓު އިންޓަރނޭޝަނަލް އާބިޓްރޭޝަން" ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓަރކުރުމުގެ ފުރުސަތު ހުޅުވާލުން

 

ޤާނޫނު ނަންބަރު 2013/10 (އާބިޓްރޭޝަނުގެ ޤާނޫނު) ގެ 75 ވަނަ މާއްދާގެ ދަށުން އުފައްދާފައިވާ މޯލްޑިވްސް އިންޓަރނޭޝަނަލް އާބިޓްރޭޝަން ސެންޓަރުން އިންތިޒާމްކުރުމަށް ހަމަޖެހިފައިވާ "އިންޓްރޮޑަކްޝަން ޓު އިންޓަރނޭޝަނަލް އާބިޓްރޭޝަން" ކޯހުގައި ބައިވެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ރަޖިސްޓަރކުރުމުގެ ފުރުސަތު ހުޅުވާލައި އާންމުކޮށް އިޢުލާންކުރަމެވެ.

 

މި ކޯސް ހިންގުމަށް ޤަސްދުކުރެވިފައިވަނީ 2019 ވަނަ އަހަރުގެ ޖޫން މަހުގެ ފަހު ހަފްތާގެ ތެރޭގައި މާލޭގައެވެ. މި ކޯސް ހިންގާނީ އިނގިރޭސިވިލާތުގެ ޗާޓާރޑް އިންސްޓިޓިއުޓް އޮފް އާބިޓްރޭޓަރސްގެ ފަރާތުންނެވެ. ކޯސް ބާއްވާނެ ތާރީޚާއި ތަން ކޯހުގައި ބައިވެރިވުމަށް އެދި ރަޖިސްޓަރކުރާ ފަރާތްތަކަށް ފަހު ތާރީޚެއްގައި އެންގޭނެއެވެ. ކޯހުގައި ބައިވެރިވުމަށް އެދޭ ފަރާތުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކާއި ކޯހުގައި ރަޖިސްޓަރކުރުމަށް ހުށަހަޅަންޖެހޭ ލިޔެކިޔުންތަކާއި އިތުރު މަޢުލޫމާތު ތިރީގައި އެވަނީއެވެ.

 

ކެންޑިޑޭޓުންގެ ޝަރުތު

ޤާނޫނީ ދާއިރާއިން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން، ނުވަތަ ކޮންސްޓްރަކްޝަނާއި އިންޖިނިއަރިންގ ދާއިރާއިން، ނުވަތަ ވިޔަފާރި އާއި އިންވެސްޓްމަންޓް ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ ލެވެލް 8 ގެ ސަނަދެއް ޙާޞިލް ކޮށްފައިވުން.

ހުށަހަޅަންޖެހޭ ތަކެތި

  1. ކޯހަށް ރަޖިސްޓަރވުމަށް ޝައުޤުވެރިކަން ފާޅުކޮށް ހުށަހަޅާ ސިޓީ
  1. ކޯހަށް ރަޖިސްޓަރވުމަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  1. ކޯހަށް ރަޖިސްޓަރވުމަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  2. ކޯހަށް ރަޖިސްޓަރވުމަށް އެދޭ ފަރާތުގެ މަތީ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ އެޓެސްޓްކޮށްފައިވާ ކޮޕީ (ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓިފިކެޓުތަކާއި ޓްރާންސްކްރިޕްޓްނަމަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައެޅި އެކްރެޑިޓްކޮށްފައިވާ ކޮޕީ)

ސުންގަނޑި

2019 މެއި 30 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:30 ގެ ކުރިން

ލިޔެކިޔުންތައް ހުށަހަޅާނެ ގޮތް

އެޓަރނީ ޖެނެރަލްގެ އޮފީހުގެ ކައުންޓަރަށް، ބަންދު ސިޓީއުރައެއްގައި، "އިންޓްރޮޑަކްޝަން ޓު އިންޓަރނޭޝަނަލް އާބިޓްރޭޝަން ކޯހަށް ރަޖިސްޓަރވުމަށް އެދި" މިގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔެފައި އޮންނަންވާނެއެވެ.

ނުވަތަ އީ-މެއިލް މެދުވެރިކޮށްނަމަ، އީ-މެއިލް ކުރާނީ [email protected] އަށެވެ. އީމެއިލްކުރައްވާނަމަ، އެއް އީމެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް ޕީޑީއެފް ފޯމެޓްގައި އެޓޭޗްކޮށް ފޮނުއްވަންވާނެއެވެ.

ރަޖިސްޓަރކުރުމަށް އެދި ހުށަހަޅަންޖެހޭ އެއްވެސް ލިޔެކިޔުމެއް މަދުވާނަމަ، އެފަދަ އެޕްލިކޭޝަންތައް ބާޠިލްކުރެވޭނެއެވެ.

 

މި ކޯހާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3010100 އަށެވެ. ނުވަތަ އީ-މެއިލް ކުރާނީ [email protected] އަށެވެ.

      

                          03 ރަމަޟާން  1440    

                          

08 މޭ 2019