މަސައްކަތް
ނަންބަރު: IUMH-AD/I/2019/10
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2019
ޕަބްލިޝްކުރި ގަޑި: 12:55
ސުންގަޑި: 16 މޭ 2019 11:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
މާލީ އޮޓިޑްކޮށްދޭނެ ފަރާތެއް ހޯދުން

ތިރީގައި މިދަންނަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި "އައި.ޔޫ.އެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް" އިން ހުޅުވާލެވިފައިވާ ބީލަމުގެ ފުރުޞަތެކެވެ.  

އިޢުލާން

މާލީ ހިސާބުތައް ތައްޔާރުކޮށް އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުން

މާލީ ހިސާބުތައް ތައްޔާރުކޮށް އޮޑިޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް މި ކުންފުނިން ކޮށްފައިވާ ނަންބަރު IUMH-AD/I/2019/07  މ (11 ފެބްރުވަރީ 2019) އިޢުލާނަށް އެކަށީގެންވާ ވަރަށް ތަރުހީބު ލިބިފައި ނުވާތީ މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. މިމަސައްކަތަށް ބޭނުންވަނީ ދިވެހިރާއްޖޭގައި ޤާނޫނީ އޮޑިޓްކުރުމާއި އެޝޫރެންސްގެ ޚިދުމަތް ދިނުމުގެ ޕްރެކްޓިސިންގ ސެޓްފިކެޓް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދޫކޮށްފައިވާ އޮޑިޓް ފާމެކެވެ.

ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން،12 މެއި 2019 ވާ އާދިއްތަ ދުވަހުގެ 11:00 އަށް މި ކުންފުންޏަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު،16 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެއެވެ. އަދި މި ދެމަސައްކަތް އެކުގައި ކޮށްދިނުމަށް ހުށަހަޅާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މިކަމާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 13:00-09:00 ދެމެދު 3022161 ފޯނަށް ގުޅުއްވުން އެދެމެވެ.

08 މޭ 2019