ވަޒީފާގެ ފުރުޞަތު
ނަންބަރު: IUMH-AD/I/2019/09
ޕަބްލިޝްކުރި ތާރީޚް: 08 މޭ 2019
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 16 މޭ 2019 12:00
ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ސީނިއަރ އެކައުންޓްސް އޮފިސަރ

ތިރީގައި މިދަންނަވަނީ ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ކުންފުނި "އައި.ޔޫ.އެމް ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް" އިން ހުޅުވާލެވިފައިވާ ވަޒީފާގެ ފުރުޞަތުތަކެވެ.  

ވަޒީފާގެ ފުރުޞަތު

މަޤާމު:

ސީނިއަރ އެކައުންޓްސް އޮފިސަރ

ބޭނުންވާ ޢަދަދު 1

އަސާސީ މުސާރަ:

6295.00 ރުފިޔާ

އެލަވަންސް:

1. ސާރވިސް އެލަވަންސް: ދުވާލަކަށް 70.00 ރުފިޔާ

2. ވަޒީފާއަށް ނިކުންނަ ކޮންމެ ދުވަހަކަށް ދޭ އެލަވަންސް: ދުވާލަކަށް 80.00 ރުފިޔާ

3. އިތުރު ގަޑީގައި މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން އިތުރު ގަޑީގެ އެލަވަންސް ލިބޭނެ.

މަޤާމުގެ ޝަރުޠުތައް:

1. މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

2. މަޤާމުގެ މަސައްކަތުގެ ދާއިރާއިން 1 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ ދާއިރާ: ފައިނޭންސް އަދި އެކައުންޓިންގ

ތައުލީމީ ރޮނގުތައް: ފައިނޭންސް އަދި އެކައުންޓިންގ

މަޤާމުގެ މަސްއޫލިއްޔަތު:

  • އައިޔޫއެމް ހޯލްޑިންގްސްގެ ޚަރަދު ރިޕޯޓުތައް ތައްޔާރުކޮށް ކޮންމެ މަހަކު ރެކޮންސައިލް ކުރުން
  • އައިޔޫއެމް ހޯލްޑިންގްސްއިންކުރާ ޚަރަދުތައް ބާކީކޮށް ހިސާބުތައް ބެލެހެއްޓުން.
  • މިނޫންވެސް އެހެނިހެން ހިސާބުތައް ތައްޔާރުކޮށް ބެލެހެއްޓުން
  • އައިޔޫއެމް ހޯލްޑިންގްސްގެ ވައުޗަރ ރަޖިސްޓްރީ އަޕްޑޭޓްކޮށް ވައުޗަރތައް ޕޯސްޓްކުރުން
  • އައިޔޫއެމް ހޯލްޑިންގްސްގެ ހިސާބުތައް ބެލެހެއްޓުމާއި، ބަޖެޓް ތައްޔާރުކުރުމާއި، މިނިވަން އޮޑިޓަރަކު ހިސާބުތައް އޮޑިޓްކުރުމަށް އެކަށޭން ސިސްޓަމްތައް އެކުލަވައިލައި ބެލެހެއްޓުމުގައި އިސް މުވައްޒަފުންގެ އިރުޝާދާއެކު އަމަލީގޮތުން ބައިވެރިވުން.
  • އައިޔޫއެމް ހޯލްޑިންގްސްގެ އަހަރީ ހިސާބުތަކާއި ބޯޑަށް  ބޭނުންވާ ހިސާބުތައް ތައްޔާރުކުރުމުގައި އެހީތެރިވެ ދިނުން.
  • އައިޔޫއެމް ހޯލްޑިންގްސް އިން ހިންގާ އެންމެހާ ޕްރޮގްރާމްތަކުގެ ހިސާބުތައް ބެލެހެއްޓުމުގަޔާއި ޕްރޮގްރާމްތަކުގެ ޚަރަދުތައް، ކަނޑައަޅާފައިވާ ބަޖެޓްތަކުގެ ތެރޭގައި ކުރިއަށްގެންދާކަން ޔަގީންކުރުމަށް އެހީތެރިވެދިނުން.
  • ފައިސާއާއި ބެހޭ އެންމެހާ ލިޔުންތައް ފައިލްކޮށް ބެލެހެއްޓުން.
  • މީގެ އިތުރުން ސެކްޝަން ތެރޭގައި ކުރަންޖެހޭ ކަމަށް ބެލެވޭ އިމަރޖެންސީ ކަންތައްތަކާއި އެހެނިހެން ކަންތައްތައް ކުރުމުގައި އެހީތެރިވެދިނުން

ސުންގަޑި އަދި ހުށަހަޅަންޖެހޭ ލިޔެކިޔުންތައް

  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ސީވީ އަދި ސެޓްފިކެޓްތަކުގެ (އެކްރިޓެޑް އަދި އެޓެސްޓް ކުރެވިފައިވާ) ކޮޕީ [email protected] އީމެއިލްއަށް 16 މެއި 2019 ދުވަހުގެ ގެ 12:00 ގެ ކުރިން ފޮނުއްވާށެވެ.

 

08 މޭ 2019