ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ކަނޑުގެ މުއްސަނދިކަން އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމުގެގޮތުން، ދިވެހިރާއްޖޭގެ މާކަނޑުގެ ފުން ސަރަހައްދުގައި ދިރިއުޅޭ ތުތި ބޯވަދިލަމަހުގެ (ޑައިމަންޑް ބެކް ސްކުއިޑް) މަސްވެރިކަން އާލާ ކުރުމުގެ ގޮތުން މިމަސްވެރިކަން ދަސްކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އަމާޒުކޮށްގެން ތަމްރީން ދަތުރުތަކެއް ހިންގުމަށް ގަސްތުކުރަމެވެ. މިތަމްރީނު ދަތުރުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިއަރީ ސެޝަންތަކަކާއި، އަމަލީ މަސައްކަތްތަކެއްގެ މައްޗަށް ބަހާލައިގެންނެވެ. މި ދަތުގެ ދިގުމިނަކީ 2 ދުވަހެވެ.
ވީމާ، ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކަށް ބައިވެރިވުމުގެ ފުރުޞަތު އާންމުކޮށް ހުޅުވާލާފައިވާ ވާހަކަ ދަންނަވަމެވެ. މިޕްރޮގްރާމް އަމާޒު ކުރަނީ މަސްވެރިންކަމަށް އަލަށް ނިކުންނަށް ޝައުވެރިވާ ފަރާތްތަކާއި މަސްވެރިކަމުގައި މިހާރުވެސް ޙަރަކާތްތެރިވާ ފަރާތްތަކަށް ކަމުގައި ދަންނަވަމެވެ. މިތަމްރީން ޕްރޮގްރާމްގައި ބައިވެރިވުމުގެ ފޯމް ދިވެހި ސަރުކާރުގެ ގެޒެޓް http://www.gazette.gov.mv ލިބިލައްވާނެއެވެ.
ފެށޭ ތާރީޚް: |
ޖޫން 2019 |
ޝަރުތު: |
|
ހުށަހަޅަންޖެހޭތަކެތި: |
|
ސުންގަޑި: 13 ޖޫން 2019 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިންނެވެ. ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް އެދި ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް ފޮނުވާނީ މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރއަށެވެ. |
|
ފެކްސް ކުރައްވާނަމަ ކުރައްވާނީ 3326558 ނަންބަރަށެވެ. ފޯމް އީމެއިލް ކުރައްވާ ފަރާތްތަކުން [email protected] އަށް ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ ނަންބަރު 3339213 ފޯނާ ގުޅުއްވުން އެދެމެވެ. |