ދިވެހިރާއްޖެ
ޢަރަބި ޤައުމުތަކުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ބަރަކާތްތެރި ރަމަޟާންމަހު ބެއްސެވުމަށްޓަކައި ހަދިޔާ ކުރައްވާފައިވާ ކަދުރު މާލޭ ސިޓީގައި ދިރިއުޅުއްވާ ރައްޔިތުންނަށް ބެހުމަށް މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން މި ކައުންސިލްއާ ހަވާލު ކުރައްވާފައިވަނީ 4268 ޕެކެޓް ކަދުރުއެވެ. މާލޭގައި ކަދުރު ބެހުމަށް މިނިސްޓްރީ އޮފް އިސްލާމިކު އެފެއާޒުން އަންގަވާފައިވަނީ މީހުން ދިރިއުޅޭ ގޭބިސީތަކުގެ ޢަދަދުން ބެލުމަށްފަހު 2018 (1439) ވަނަ އަހަރު އެމިނިސްޓްރީގައި ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީކޮށްފައިވާ ކޮންމެ ގޭބީސީއަކަށް 1 ޕެކެޓް ކަދުރު ދޭ އުޞޫލުންނެވެ. މިގޮތުން ފަޤީރުންގެ ގޭބިސީތަކަށް ކަދުރު ބެހުމަށްފަހު، ބާކީ ކަދުރު ބަހާނީ އެންމެ ފުރަތަމަ އަންނަ ފަރާތްތަކަށް ފުރަތަމަ އިސްކަންދޭ އުޞޫލުންނެވެ.
ގޭބީސީތަކަށް ކަދުރު ބަހާނީ، އެ ގޭބިސީއެއްގެ ސައްހަކަށް އަންގައިދޭ ލިޔުމެއް ގެންނެވުމުން، އެ ލިޔުމުގެ ސައްހަކަމަށް ބެލުމަށްފަހުއެވެ. މިގޮތުން ކަދުރު ބެހުމުގައި ފަޤީރުންނަށް އިސްކަން ދެވޭނެއެވެ.
ހ. ގޭބީސީއެއްގެ ޞައްޙަކަމަށް ކަނޑައަޅާ ލިޔުމަކީ ކުއްޔަށް ހިފައިގެން ދިރިއުޅޭ ތަނުގެ ދެފަރާތުން ސޮއިކޮށްފައިވާ އެއްބަސްވުމުގެ އަސްލު ނުވަތަ އެގޭބިސީއެއް ނިސްބަތްވާ ޢިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު ނުވަތަ ގޭގެ ޢިމާރާތުގެ ގޯތީގެ ރަޖިސްޓްރީގެ އަސްލު.
ށ. ކަދުރާ ޙަވާލުވާ ބޭފުޅެއްގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު.
މިކައުންސިލުން ކަދުރު ބަހަން ފަށާނީ 12 މޭ 2019 ވާ އާދިއްތަ ދުވަހުން ފެށިގެން ކަދުރު ހުސްވަންދެނެވެ. މާލޭ ސިޓީގެ ރައްޔިތުންނަށް ކަދުރު ބަހާނީ މިކައުންސިލްގެ ޢާއްމު ޚިދުމަތްތަކާބެހޭ ސެކްޝަނުންނެވެ. ޢާއްމު ޚިދުމަތްތަކާބެހޭ ސެކްޝަން ހުންނާނީ ބޮޑުތަކުރުފާނު މަގު، (ޕޮލިސް ޓޯޔާޑް ކައިރީ) ގައެވެ.
ކަދުރު ބެހުމަށް ހަމަޖެހިފައިވާ ގަޑިތައް
ރަސްމީ ބަންދުނޫން ދުވަސްތަކުގެ ހެނދުނު 9:30 ން މެންދުރު 12:30 އަށް. ރޭގަނޑު 9:00 ން 10:30 އަށް
ހޮނިހިރު ދުވަސްތަކުގައި ހެނދުނު 9:30 ން 12:00 އަށް
ރޭގަނޑު 9:00 ން ރޭގަނޑު 10:30އަށް
ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.
02 ރަމަޟާން 1440