ދިވެހިރާއްޖެ
މިރަށު މަސް މާރކެޓުގެ އުތުރުކޮޅު ގުދަންބައި ކުއްޔަށް ހިފާނެ ފަރާތެއް ހޯދަން ކުރި ނަންބަރު (IUL)386/386/2019/18 އިޢުލާނާ ގުޅިގެން 3 ފަރާތަށްވުރެ މަދުން މަޢުލޫމާތު ސާފުކުރައްވާފައިވާތީވެ، އެ އިޢުލާން ބާޠިލްކޮށް ، އަލުން އެފުރުޞަތު ހުޅުވާލަމެވެ. މަޢުލޫމާތު ސާފުކުރެވޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމާބެހޭ ޤާނޫނު 18/2014 ދަށުން މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ރަޖިސްޓްރީ ކޮށްފައިވާ ކުންފުނި ނުވަތަ ވިޔަފާރިތަކަށެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައި ނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާނީ މުއްދަތު ހަމަނުވާ އައިޑީ ކާޑު ހިއްޕަވައިގެންނެވެ.
| 
 
  | 
 ތާރީޚް  | 
 ގަޑި  | 
| 
 މަޢުލޫމާތު ސާފުކުރައްވަންޖެހޭ  | 
 2019/05/16  | 
 10:30  | 
| 
 އަގު ހުށަހަޅުއްވަންޖެހޭ  | 
2019/05/23 | 
 10:30  | 
ވީމާ ، މިކަމަށް ޝައުޤްވެރިވެލައްވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑިތަކަށް މިއިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު އަންދާސީހިސާބު ހުށަހެޅުއްވުން އެދމެވެ. މި
މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.