ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)23-AP/23/2019/129
ޕަބްލިޝްކުރި ތާރީޚް: 07 މޭ 2019
ޕަބްލިޝްކުރި ގަޑި: 11:12
ސުންގަޑި: 13 މޭ 2019 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ހދ.ހިރިމަރަދޫ ސިއްހީމަރުކަޒުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާއި ގުޅޭ

އިޢުލާން

ހދ.ހިރިމަރަދޫ ސިއްހީމަރުކަޒުގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަމްބަރ: IUL)23-AP/23/2019/119)  (އޭޕްރިލް 24 2019) އިއުލާނާއި ގުޅިގެން ޕްރީބިޑް ސެޝަން ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހަކީ (05 މޭ 2019)، ސަރުކާރު ބަންދު ދުވަހެއް ކަމުގައި ނިންމެވުމާއި ގުޅިގެން  ޕްރީބިޑް ސެޝަން އަދި އަންދާސީހިސާބު ހުށަހަޅާ ދުވަހަށް ވަނީ ބަދަލުގެނެވިފައެވެ.

ވީމާ، ޕްރީބިޑް ސެޝަން ބޭއްވުމަށް މިހާރު ހަމަޖެހިފައިވަނީ 09 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ ސޯސަންމަގު) އާއި ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަދި ހދ.ހިރިމަރަދޫ ސިއްހީމަރުކަޒުގައެވެ.

އަދި އަންދާސީހިސާބު ހުށަހެޅުން އޮންނާނީ 13 މޭ 2019 ވާ ހޯމަ ދުވަހުގެ ހެނދުނު 12:00 ގައި މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ ސޯސަންމަގު) ހދ.ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި އަދި ހދ.ހިރިމަރަދޫ ސިއްހީމަރުކަޒުގައެވެ.

02 ރަމަޟާން 1440

07 މޭ 2019