ދިވެހިރާއްޖެ
ޕްރޮޖެކްޓް އޮފިސަރ - 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓް ވަޒީފާއަށް ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު
ދިވެހި ސަރުކާރުގެ ފަރާތުން ކުރިއަށްގެންދާ ގްރީން ކްލައިމެޓް ފަންޑުން 'ސަޕޯޓިންގ ވަލްނަރަބްލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު މެނޭޖް ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް' ޕްރޮޖެކްޓްގެ ނަމުގައި ހިންގާ މަޝްރޫޢުގެ ދަށުން ބ.ދަރަވަންދޫ، ރ.މަޑުއްވަރީ، ށ.ފޯކައިދޫ އަދި ހދ.ނޮޅިވަރަންފަރުގައި ފެނުގެ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މިގޮތުން މިމަޝްރޫޢުގެ އަމަލީ މަސައްކަތް ކުރިއަށްދާއިރު މަސައްކަތްތައް ބަލައި މޮނިޓަރކުރުމަށްޓަކައި މި 04 ރަށުން ޕްރޮޖެކްޓް އޮފިސަރެއްގެ ގޮތުގައި މުވައްޒަފަކު ނެގުމަށްބޭނުންވެއެވެ. ވީމާ، މަތީގައިވާ މަގާމުތަކަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިމަގާމު ގެ ޓާރމްސް އޮފް ރެފަރެންސް މި އިޢުލާނާއި އެއްކަރުދާސްކުރެވިފައި ހުންނާނެއެވެ.
ޕްރޮޖެކްޓް އޮފިސަރުން ބޭނުންވާރަށްތަކުގެ ލިސްޓް
1. ހދ.ނޮޅިވަރަންފަރު 2. ށ.ފޯކައިދޫ 3. ބ.ދަރަވަންދޫ 4. ރ.މަޑުއްވަރީ
ތަޢުލީމާއި ތަޖްރިބާ
ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ހުށަހަޅަން ޖެހޭ ލިއެކިއުންތައް
ވަޒީފާއަށް އެދި ހުށަހަޅާފަރާތްތަކުގެ ތެރެއިން އިންޓަރވިއުއަށް ކިއުމަށް ހަމަޖެހިފައިވަނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށެވެ.
މި މަގާމުތަކަށް ކަނޑައަޅާފައިވާ އުޖޫރަ
މި މަޤާމަށް ހޮވޭ ފަރާތަކަށް ޖުމްލަ 8,227.75 ރުފިޔާގެ އުޖޫރައެއް ކަނޑައެޅޭނެއެވެ.
ސުންގަޑި
ޝައުޤުވެރިވާ ފަރާތްތަކުން 21 މޭ 2019 ވަނަ ދުވަހުގެ 12:00 ގެ ކުރިން، ވަޒީފާއަށް އެދި ހުށަހަޅުއްވާއިރު ހުށަހަޅަން ޖެހޭ ލިއެކިއުންތައް ބަންދުކުރެވިފައިވާ ސިޓީއުރައެއްގައި ރަށު ކައުންސިލް އޮފީހަށް ހުށައެޅަންވާނެއެވެ. ސިޓީއުރައިގެ ބޭރުގައި " ޕްރޮޖެކްޓް އޮފިސަރ - ޖީ.ސީ.އެފް ޕްރޮޖެކްޓް" އާއި ރަށުގެ ނަމާއި، ހުށައަޅާފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރާއި، އިއުލާން ނަންބަރު ޖަހާފައި އޮންނަންވާނެއެވެ.
އިތުރު މައުލޫމާތު: ޖީ.ސީ.އެފް ޕްރޮގްރާމް މެނޭޖްމަންޓް ޔުނިޓް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް ހަނދުވަރީ ހިނގުން،މާފަންނު، މާލެ، 20392، ދިވެހިރާއްޖެ މާފަންނު، ހަނދުވަރީ ހިނގުން ފޯނު ނަންބަރު: 3018396، 3018395 އީމެއިލް : [email protected]
07 މޭ 2019 |