ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)399-MS/399/2019/27
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2019
ޕަބްލިޝްކުރި ގަޑި: 09:24
ސުންގަޑި: 16 މޭ 2019 13:00
ހައްދުންމަތީ ގަމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުން

އިޢުލާން

 

ރުއްގަހުގެ ވެރިން ހޯދުމަށް

 

             މިރަށު މުކުރިމަގު ލަންސިމޫގޭ އަޙްމަދު ޒާހިރު ދިރިއުޅުމަށް (މުކުރިމަގު އަވަށުގެ ދެކުނު ކޮޅުން) ދެއްވާފައިވާ ބަންޑާރަ ގޯތީގެ ދެކުނު ފަރާތުން، ރަށް ހުރަހަށް ހަދަން ބޭނުންވާ މަގާއި އެ ގޯތީގެ އިރުމަތީ ފަރާތުން ރަށް ދިގަށް ހަދަން ބޭނުންވާ މަގާއި 2 މަގުގައި މި އިދާރާއިން A-01 ން A-16 ށް ނަމްބަރު ޖަހާފައިވާ އެކިވަރުގެ 16 ދިވެހި ރުކާއި، ނަމްބަރު A-17 ޖަހާފައިވާ 01 ބަނބުކެޔޮ ގަހާއި، އަދި A-18 ން A-24 ށް ނަމްބަރު ޖަހާފައިވާ އެކިވަރުގެ 7 ދިވެހި ރުކާއިއެކު ޖުމްލަ 24 ރުއްގަހުގެ ވެރިން ހޯދުމަށް ވަނީ ބޭނުން ވެފައެވެ.

             ވީމާ، މަތީގައި ދެންނެވިފައިވާ 2 މަގުގައި ހުރި ރުއްގަހުގެ ވެރިން މި އިދާރާއަށް ދުރުވެ ރުއްގަހުގެ ހިސާބު ހުށަހަޅާ ފޯމު ނަންގަވާ ފުރިހަމަކުރެއްވުމަށް ފަހު 16 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މި އިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. ރުއްގަހުގެ ހިސާބު ހުށަހަޅާ ފޯމު މި އިދާރާގެ ކައުންޓަރުން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:30 ން 13:00 ށް ލިބެން ހުންނާނެއެވެ. އަދި ސުންގަޑި ހަމަވުމަށްފަހު ހުށަހަޅާ ފޯމުތައް ބަލައި ނުގަންނާނެ ކަމުގައިވެސް ދެންނެވީމެވެ.     

                       

               27 ޝަޢުބާން  1440ހ

               02 މެއި     2019 މ

02 މޭ 2019