ދިވެހިރާއްޖެ
އިޢުލާން
ކޯޓުރޫމަށް ބޭނުންވާ ފަރުނީޗަރ ޖަހައިދޭނެ ފަރާތެއް ހޯދުމާބެހޭ
ކޯޓުރޫމްގައި ބޭނުންކުރުމަށް، ޖަޖުންގެ 20 މޭޒާއި، ހަސްމުންގެ 50 މޭޒު އަދި ސްޓޭޖްގައި ބަހައްޓާ 40 ލަކުޑި ދިދަ ދަނޑި މި ޑިޕާޓްމަންޓުންދޭ ނަމޫނާއާއި އެއްގޮތަށް ޖަހައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
މަސައްކަތުގެ މަޢުލޫމާތު ޝީޓާއި އެހެނިހެން މަޢުލޫމާތު މި ޑިޕާޓްމަންޓްގެ ވެބްސައިޓު http://www.judiciary.gov.mv ގެ ނޯޓިސް ބޯޑު ބައިން ލިބެން ހުންނާނެއެވެ. މަޢުލޫމާތު ޝީޓްގެ ހާޑް ކޮޕީއެއް މި ޑިޕާޓްމަންޓުން ފޯރުކޮށެއް ނުދޭނެއެވެ.
މަޢުލޫމާތު ސާފުކުރުމަށް ކަނޑައަޅާފައިވާ ގަޑިއަށް ހާޟިރުވެ ނަންނޯޓު ނުކުރާ ފަރާތްތަކަށް އަންދާސީހިސާބު ހުށައެއް ނޭޅޭނެއެވެ.
- މަޢުލާމާތު ދިނުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި: 08 މޭ 2019 ގެ 11.00
- އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 13 މޭ 2019 ގެ 09.30
- އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
30 ޝައުބާން 1440