ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)355-ESMS/INDIV/2019/10
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 22:32
އަރިއަތޮޅު ދެކުނުބުރީ ފެންފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަމަޞާންމަހައް ހާއްސަކޮށް ރައްޔިތުންނަށް ދޭ އިނާޔަތް

         1440 ވަނަ އަހަރުގެ ރަމަޟާންމަހަށް ހާއްސަކޮށް ފެންފުށީގެ ރައްޔިތުންނަށް އިނާޔަތެއް ގޮތުގައި ފެންފުށީގެ ރައްވެހިން ދިރިއުޅޭ ކޮންމެ ގޭބިސީއަކަށް ދަޅުމަސް ކޭހެއް ހަދިޔާ ކުރުމަށް މިކައުންސިލުން ވަނީ ނިންމާފައެވެ. އަދި މިބޭނުމަށް މީހުން ދިރިރިއުޅޭ ގޭ ބިސީ ކަމުގައި ބަލާނީ ކައްކައި ކައިބޮއި ހަދާ ގެއެއްގެ ގޮތުގައި ކުނިއުކާލުމުގެ ހިދުމަތުގައި ރަޖިސްޓަރީ ކޮށްފައިވާ ގޭބިސީތަކެވެ.   

         ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

30 އޭޕްރިލް 2019