ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)321/321/2019/64
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2019
ޕަބްލިޝްކުރި ގަޑި: 16:02
ސުންގަޑި: 03 ޖޫން 2019 13:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ. ތުޅާދޫ އިން ދޫކުރުމަށް ހަމަޖެހިފައިވާ 50 ހައުސިންގ ޔުނިޓަށް އެދުމުގެ ފުރުޞަތު ހުޅުވާލުން

                                                              ނަންބަރު:(IUL)321/321/2019/64  

އިޢުލާން

 

ބ. ތުޅާދޫ އިން ދޫކުރުމަށް ހަމަޖެހިފައިވާ 50 ހައުސިންގ ޔުނިޓަށް އެދުމުގެ ފުރުޞަތު ހުޅުވާލުން

 

              ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން މިރަށުގައި މިހާރު ޢިމާރާތްކުރަމުންދާ 100 ހައުސިންގޔުނިޓްގެ ތެރެއިން 50 ހައުސިންގ ޔުނިޓަށް އެދިލައްވާ ފަރާތްތަކަށް އެކަމަށް އެދުމުގެ ފުރުޞަތު ހުޅުވާލަމެވެ. މި 50 ގެ ދޫކުރުމަށް ކަނޑައެޅިފައިވާ ކެޓެގަރީތައް ތިރީގައި މިދަންނަވަނީއެވެ.

  1. ކެޓެގަރީ A: މިގެޓެގަރީގެ ތެރެއިން ދޫކުރުމަށް ހަމަޖެހިފައިވާ 45 ގެ ދޫކުރުމަށް ހަމަޖެހިފައިވަނީ ބ. ތުޅާދޫ ރައްޔިތުންގެ ތެރެއިން އެ ގެތައް ބޭނުންވާ ފަރާތްތަކަށް
  2. ކެޓެގަރީ B: މިގެޓެގަރީގެ ތެރެއިން ދޫކުރުމަށް ހަމަޖެހިފައިވާ 05 ގެ ދޫކުރުމަށް ހަމަޖެހިފައިވަނީ ބ. ތުޅާދޫ އަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް

             ވީމާ، މިގެތައް ބޭނުންވާ ފަރާތްތަކުން 03 ޖޫން 2019 ވާ ހޯމަދުވަހުގެ 13:00 ގެ ކުރިން މިކަމަށް އެދި ހުށަހަޅަން ޖެހޭ ފޯމް ފުރިހަމަކުރުމަށްފަހު، ފޯމްގެ އަސްލު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިނޫންގޮތަކަށް ހުށަހަޅާފޯމް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 05 މެއި 2019 ވާ އާދީއްތަދުވަހުން ފެށިގެން 03 ޖޫން 2019 ވާ ހޯމަދުވަހުގެ 13:00 ށް ރަސްމީ ދުވަސްދުވަހުގެ ރަސްމީ ގަޑީގައެވެ. އަދި "ބ. ތުޅާދޫގައި ޢިމާރާތްކުރާ 50 ގޭގެ ތެރެއިން، ބ. ތުޅާދޫ ރައްޔިތުންނަށް ދޫކުރެވޭ 45 ގެއިން ގެއަކަށް އެދި ހުށަހަޅާ ފޯމް" އާއި "ބ. ތުޅާދޫގައި އިމާރާތްކުރާ 50 ގޭގެ ތެރެއިން، ބ. ތުޅާދޫއަށް ދިރިއުޅުން ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް ހުޅުވާލެވޭ 05 ގެއިން، ގެއަކަށް އެދި ހުށަހަޅާފޯމް" ރަސްމީ ގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި އެފޯމްތައް މިއިދާރާގެ ވެބްސައިޓް www.thulhaadhoo.gov.mv ން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

            އަދި މިޢުލާނާއިއެކު، "ބޯހިޔާވަހިކަމުގެ މަޝްރޫޢުގެ ދަށުން ބ. ތުޅާދޫގައި ޢިމާރާތްކުރާ 100 ގޭގެ ތެރެއިން 50 ގެ ދޫކުރުމަށް ހަމަޖެހިފައިވާ އުޞޫލާއި ޝަރުޠު" ޝާއިއު ކުރީމެވެ.

            މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

            27 ޝަޢުބާން 1440

02 މޭ 2019