ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)321/321/2019/63
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2019
ޕަބްލިޝްކުރި ގަޑި: 15:36
ސުންގަޑި: 03 ޖޫން 2019 13:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތުޅާދޫ ހިއްކިބިމުން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމާއި ގުޅޭ

                                                                          ނަންބަރު:IUL)321/321/2019/63)    

އިޢުލާން

 

ތުޅާދޫ ހިއްކިބިމުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމާއި ގުޅޭ

 

                ތުޅާދޫ ހިއްކިބިމުން ދިރިއުޅުމަށް ބަންޑާރަ ގޯތީގެ ގޮތުގައި 1400 އަކަފޫޓްގެ 88 ގޯތި ދޫކުރުމަށް ނިންމާ، އެގޯއްޗަށް އެދިލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލައިފީމެވެ.

                ވީމާ، މިކަމަށް އެދިލައްވާ ފަރާތްތަކުން "ބ. ތުޅާދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ފުރިހަމަކުރެއްވުމަށްފަހު، 03 ޖޫން 2019 ވާ ހޯމަދުވަހުގެ 13:00 ގެ ކުރިން އެފޯމްގެ އަސްލު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިނޫންގޮތަކަށް ހުށަހަޅާފޯމް ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 05 މެއި 2019 ވާ އާދީއްތަދުވަހުން ފެށިގެން 03 ޖޫން 2019 ވާ ހޯމަދުވަހުގެ 13:00 ށް ރަސްމީދުވަސްދުވަހުގެ ރަސްމީގަޑީގައެވެ.

                "ބ. ތުޅާދޫއިން ދިރިއުޅުމަށްޓަކައި ބަންޑާރަ ގޯއްޗަށް އެދޭ ފޯމް" ރަސްމީގަޑީގައި މިއިދާރާއިން ލިބެން ހުންނާނެއެވެ. އަދި މިއިދާރާގެ ވެބްސައިޓް www.thulhaadhoo.gov.mv  ން  ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.

                މިއިޢުލާނާއިއެކު "ބ. ތުޅާދޫއިން ދިރިއުޅުމަށް ބަންޑާރަގޯތި ދޫކުރުމުގެ އުޞޫލް  - 2019" ޝާއިޢުކުރީމެވެ.

                މިހެންވެ މިކަން ޢާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

                27 ޝަޢުބާން 1440

02 މޭ 2019