ދިވެހިރާއްޖެ
IUL-D/423/2019/34
އިޢުލާން
އަންދާސީހިސާބު ބޭނުންވެއްޖެ
ފަރެސްމާތޮޑާ ފަރެސްއަވަށު މާއިރާ ޕްރީސްކޫލްގައި އެކަމަޑޭޝަން ރޫމް ހެދުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަމްބަރ: IUL-D/423/2019/31 (25 އެޕްރިލް 2019) އިޢުލާނާއި ގުޅިގެން ދެވުނު މަޢުލޫމާތު ފުރިހަމަނުވާތީ އެ އިޢުލާން ބާތިލްކޮށް އަލުން އިޢުލާން ކުރަމެވެ.
ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 08 މެއި 2019 ވަނަ ދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 14 މެއި 2019 ވަނަދުވަހު 13:00 އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަމިއްލަ ފަރާތަކުންނަމަ އައި.ޑީ ކާޑުގެ ކޮޕީއެއް، ކުންފުނިއެއްނަމަ ކުންފުނީގެ ރަޖިސްޓްރީ ކޮޕީއެއް އަންދާސީ ހިސާބާއި އެކު ހުށަހަޅަންވާނެއެވެ. ބަދަލުގައި އަންނަ ފަރާތްތަކުންނަމަ އެކަން އެނގޭނެ ލިޔުމެއް ގެންނަންވާނެއެވެ. އަދި އަންދާސީހިސާބު ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި " މާއިރާ ޕްރީ ސްކޫލްގެ އެކަމަޑޭޝަން ރޫމެއްހެދުމާއި ވަށާފާރުގެބައެއް ހެދުމުގެ މަސައްކަތް " މިހެން ލިޔެފައި އޮންނަންވާނެއެވެ.
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެވާހަކަ ދެންނެވީމެވެ.
މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
27 ޝަޢުބާން 1440
02 މެއި 2019