ދިވެހިރާއްޖެ
އިޢުލާން
މިބިއުރޯއަށް ސަރވަރ ގަންނަން ބޭނުންވެގެން ކުރެވުނު ނަންބަރު. (AIT) 457-AIT/1/2018/5 (12 ޑިސެމްބަރު 2018) އިއުލާންއާއި ގުޅިގެން ސަރވަރ ގަނެގެން ގެނެސް ދިނުމުގެ މަސައްކަތް ހަވާލުވި ފަރާތުން އެތަކެތި ގެނެސްދެވިފައި ނުވާތީވެ އެއިޢުލާން ބާތިލްކޮށް އަލުން މިމަސައްކަތައް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، ދީފައިވާ ސްޕެސިފިކޭޝަންއާއި އެއްގޮތަށް މިތަކެތި ވިއްކެވުމަށް އެދިލައްވާ ފަރާތްތަކުން 2019 މެއި މަހުގެ 13 ވަނަ ދުވަހު 11:00 އަށް މި ބިއުރޯ ހިނގަމުންދާ އިމާރާތް، ދާރުލް އީމާން ބިލްޑިންގގެ 9 ވަނަ ފަންގިފިލާއަށް ވަޑައިގެން އަގު ހުށަހެޅުއްވުން އެދެމެވެ.
މިބީލަމާއިބެހޭ މައުލޫމާތު ގެޒެޓްގައި އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިމަޢުލޫމާތު މިބިއުރޯގެ ވެބްސައިޓް http://www.statisticsmaldives.gov.mv އިންވެސް ލިބެން ހުންނާނެވާހަކަ ދެންނެވީމެވެ.
މިކަމާއި ބެހޭގޮތުން އިތުރު މަޢުލޫމާތެއް އޮޅުންފިލުއްވަން ބޭނުންފުޅުވެލައްވާނަމަ މި ބިއުރޯގެ ފޯން ނަންބަރު. 3008444 / 3008414 / 300400 އަށް ގުޅުއްވުން އެދެމެވެ.