ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)400/INDIV/2019/11
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2019
ޕަބްލިޝްކުރި ގަޑި: 14:23
ސުންގަޑި: 09 މޭ 2019 13:30
ހައްދުންމަތީ މާވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ާއަންދާސީ ހިސާބު ބޭނުން ވެއްޖެއެވެ.

އިއުލާން

އަންދާސީ ހިސާބު ބޭނުންވެއްޖެއެވެ.

މި އިދާރާއިން ދައްކާ ނަމޫނާއަކާއި އެއްގޮތަށް މި އިދާރާގެ ބައެއްތަންތަން އާބާތުރަ ފިލުވައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

ވީމާ، މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން 09 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 13:30 އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރުމަށްފަހު 13 މެއި 2019 ވާ ހޯމަ ދުވަހުގެ 13:30 އަށް މިއިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މި ބީލަމުގެ ބީލަންފޮތް، 09 މެއި 2019 ވާ ބުރާސްފަތި ދުވަހުން ފެށިގެން 13 މެއި 2019 ވާ ހޯމަ ދުވަހާއި ހަމައަށް މިއިދާރާއިން ލިބިވަޑައިގަންނަވާނެއެވެ. ބީލަން ފޮތުގެ އަގަކީ -/50 ރުފިޔާއެވެ.

މިބިޑުގައި ބައިވެރިވުމުގެ ފުރުސަތު ދެވޭނީ "މޯލްޑިވްސް އިކޮނޮމިކް ޑިވެލޮޕްމަންޓް" ގައި ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ. މަޢުލޫމާތު ސާފުކުރުމަށް ހާޟިރުނުވާ ފަރާތްތަކަށް، އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ. މައުލޫމާތު ސާފުކުރަން ވަޑައިގަންނަވާއިރު އައިޑެންޓިޓީ ކާޑު ހިއްޕަވައިގެން ވަޑައިގަތުމަށް ދަންނަވަމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް 6800718 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

02 މޭ 2019