ދިވެހިރާއްޖެ
`
ށ.ބިލެތްފަހީ ސިއްޚީ މަރުކަޒު،
ށ.ބިލެތްފަހީ ، ދިވެހިރާއްޖެ
ނަންބަރ: C06-SM/IUL/2019/04
އިޢުލާނު
މަޤާމް: މަސައްކަތު
މަޤާމުގެ ނަންބަރު: J-253589
ބޭނުންވާ އަދަދު: 01 ( އެކެއް )
މަޤާމުގެ ގިންތި: ދާއިމީ
މަޤާމުގެ ރޭންކް: އެސް.އެސް.1
މަޤާމުގެ ކްލެސިފިކޭޝަން: ސަޕޯރޓް ސްޓާފް ގްރޭޑް 1
ވަޒީފާ އަދާކުރަން ޖެހޭ ތަން: ށ.ބިލެތްފަހީ ސިއްޚީ މަރުކަޒު
މުސާރަ: 3100.00 ރުފިޔާ
ސަރވިސް އެލެވަންސް: 1000.00 ރުފިޔާ
އެހެނިހެން އެލަވަންސް: - ސަޕޯރޓިންގް ކޯ އެލަވެންސް – 1200.00 ރ
- ރިސްކް އެލަވެންސް – ހާޒިރުވާ ކޮންމެ ދުވަހަކަށް 25.00 ރ
- ސިވިސް ސާވިސް ގަވައިދުގައިވާ ގޮތުގެ މަތިން އިތުރު ގަޑީގެ ފައިސާ
މަޤާމުގެ މައިގަނޑު - ޞިއްޙީ މަރުކަޒުގެ ގޯތިތެރެއާއި އިމާރާތް ފޮޅާ ސާފްކޮށް ކުނިއުކުން
މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: - އެޓެންޑެންޓެއް ނެތް ޙާލަތެއްގައި ވޯޑުތެރެ ފޮޅާ ސާފްކުރުން.
- އެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ސިޓީ، މެސެޖް ފަދަ ތަކެތި ޙަވާލުކުރުން.
- ހަފްތާއަކު އެއްފަހަރު ފުރާޅުތައް ސާފްކުރުން.
- މަރުކަޒަށް އެކިކަންކަމުގައި ގެންނަންޖެހޭ މީހުންއައުމަށް އެންގުން
- މަރުކަޒުގެ ބޭނުމަށް އެކިތަންތަނުން ފޮނުވާ ތަކެތި މަރުކަޒަށް އުފުލުން.
- އެކިއެކި ފަރާތްތަކަށް ޙަވާލުކުރަންޖެހޭ ފައިސާ ޙަވާލުކުރުމުގައި އެހީތެރިކަން
ފޯރުކޮށްދިނުން.
- މަރުކަޒުގެ ބޭނުމަށް ހޯދަންޖެހޭ ތަކެތި ހޯދުމާގައާއި ގެނައުމުގައި އެހީތެރިކަން
ފޯކޮށްދިނުން.
- އިމާރާތުގެ ބޮކި ހޮޅިބުރިފަދަ ތަކެތި އެނދުމުން އެތަކެތި ބަދަލުކުރުން.
- ބޮކި ، ހޮޅިބުރި ، ފަންކާ ފަދަ ތަކެތި ބޭނުންކުރާ ގަޑިތަކުގައާއި ރަސްމީ
ގަޑިނިމުމުން ނިއްވުން.
- އިމާރާތަށް ލިބޭގެއްލުން ވެރިންގެ ސަމާލުކަމަށް ގެނައުން.
- އިދާރާގެ ވެރިންގެ މަޝްވަރާގެ މަތިން ، މަރުކަޒުގެ ގޯތިތެރޭގައި
ގަސްއިންދުމާއި ، ގަސްކޮށާ ، ގަސްތައް ބެލެހެއްޓުން
- މަރުކަޒުގެ ބެލުމުގެ ދަށުގައިވާ ގުދަންތައް ސާފްކޮށް ތަރުތީބުކުރުން.
- މަރުކަޒުގެ ފެންވަޅު ދިޔަހިއްކާ ބެލެހެއްޓުން.
- މަރުކަޒުގެ ފެންތާނގިތައް ސާފްކޮށް ބެލެހެއްޓުން.
- މަރުކަޒުގެ ސެކިއުރިޓީ ނެތް ޙާލަތެއްގައި ޤަވައިދުން ކޮންމެ ދުވަހަކު
06:00 ގައި ދިދަ ނެގުމާއި ، 18:00 ގައި ދިދަ ތިރިކުރުން.
- މަރުކަޒުގެ ސެކިއުރިޓީ ނެތް ޙާލަތެއްގައި ޤަވައިދުން ކޮންމެ ދުވަހަކު
06:00 ގައި މަރުކަޒުގެ ދިއްލުންތައް ނިއްވައި ، 18:00 ގައި
މަރުކަޒަށް ކޮންމެހެން ބޭނުންވާނޭ ދިއްލުންތައް ދިއްލުން.
- މި އިދާރާއިން ކުރިއަށް ގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި ،
މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލްކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.
މަޤާމުގެ ޝަރުޠުތައް: ލިޔަންކިޔަން އެނގުން
ނޯޓް:
ލިޔަންކިޔަން އެނގޭކަން ދެނެގަންނާނީ، ދަށްވެގެން ގްރޭޑް 5 ނިންމިކަމުގެ
ލީވިންގް ސެޓްފިކެޓް ނުވަތަ ލިޔަންކިޔަން އެނގޭކަމަށް ސަރުކާރުގެ ކަމާއިބެހޭ
އިދާރާއަކުން ބަޔާންކޮށް ދޫކުރާ ލިޔުމަށް ބަލައިގެންނެވެ.
ހުށަހަޅަންޖެހޭ ލިޔުންތައް: 1- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް
ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި އިދާރާގެ ކައުންޓަރުން
ލިބެންހުންނާނެއެވެ.)
2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް
ހިމެނޭގޮތަށް)
3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ،
ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ
ފަދަ ކޮޕީއެއް.
4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް
މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން
ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ
ލިޔުން.
5- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް
ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން
ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛
ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު
ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް
އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
(ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ
ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ
ކުރިކަމުގެ ލިޔުމުގެ ކޮޕީ.
6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު
ސެޓުފިކެޓުތަކުގެ ކޮޕީ.
7- ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް
ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓްގެ ކޮޕީ.
8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:
(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ
ކުންފުންޏެއްގައި، ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްޢިއްޔާ/
ޖަމާއަތެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ،
އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ
އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ
އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި،
ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ
އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ
އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް 1- ހާސިލުކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.
ހޮވުމަށް ބެލޭނެ ކަންތައްތައް: 2- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
3- ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން.
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 14 މެއި 2019 ވާ އަންގާރަ
ދުވަހުގެ 13:00 ގެ ކުރިން، ށ.ބިލެތްފަހީ ސިއްޚީ މަރުކަޒަށެވެ. ވަޒީފާއަށް
އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected] އަދި
ފެކްސް 6540503 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ
ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑަ
އަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު
ބަލައިގަނެވޭނެއެވެ.
އިންޓަވިއު އޮންނާނެ ތަނާއި، މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 19 މެއި 2019
މުއްދަތު: އާއި 23 މެއި 2019 އާ ދެމެދު، ށ.ބިލެތްފަހީ ސިއްޚީ މަރުކަޒު ގައެވެ.
ޝޯޓް ލިސްޓްކުރުން: މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި
ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން
އެންމެ މަތިން މާކްސް ލިބޭފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540503 އަށެވެ. ފެކްސް ކުރާނެ ނަންބަރަކީ،
6540503 އެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.
02 މެއި 2019