ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)202-M/1/2019/ 35
ޕަބްލިޝްކުރި ތާރީޚް: 02 މޭ 2019
ޕަބްލިޝްކުރި ގަޑި: 08:39
ސުންގަޑި: 02 މޭ 2019 00:00
މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޓަރމިނަލް ހެންޑްލިންގ ޗާޖް ، ކަސްޓަމްސް އަށް ދައްކަންޖެހޭ ޗާޖެއް އަދި ޑީއޯ އެޑްމިނިސްޓްރޭޓިވް ޗާޖް ފިއަވައި އިތުރު އެއްވެސް އުޖޫރައެއް، ފީއެއް، ޗާޖެއް ނަގަންވާނީ މިއޮތޯރިޓީއަށް ހުށަހަޅައި ހުއްދަ ހޯދައިގެންނެވެ

       ނަންބަރު:   35/UL)202-M/1/2019)

 

 

އިޢުލާން

   ދިވެހިރާއްޖެއަށް އެތެރެކުރެވޭ އިމާރާތްކުރަން ބޭނުން ކުރާ އަސާސީ މުދަލާއި ޕެރިޝެބަލްމުދާ ފިއަވައި އެހެނިހެން ހުރިހާ މުދަލެއްހެން މިހާރު އިމްޕޯޓް ކުރަނީ ކޮންޓޭނަރުގައެވެ. މިކޮންޓޭނަރުތައް ކޮމާޝަލް ބަދަރުން ދޫކުރަނީ ފްރޭޓް ފޯވަރޑިން އޭޖެންޓް ގެ ފަރާތުން ދޭ ޑެލިވަރީ އޯޑަރ(ޑީ.އޯ) މުދާ ދޫކުރާ މުއައްސަސާތަކަށް ހުށަހަޅައިގެންނެވެ. އަދި މިހާރަކަށް އައިސް މުދަލުގެ "ކޮންސައިނީ" (މުދާ އެތެރެކުރާފަރާތް) އަށް އޭޖެންޓުން މިޑެލިވަރީ އޯޑަރު ދޫކުރުމުގައި ބައެއް އޭޖެންޓުންގެ ފަރާތުން ތަފާތު އެކިއެކި ނަންނަމުގައި ގިނަޗާރޖް ތަކެއް ނަގަމުން ގެންދާ ކަމުގެ ޝަކުވާ ލިބުމާ ގުޅިގެން މިއޮތޯރިޓީގެ ފަރާތުން މިކަމާބެހޭގޮތުން ހޯދިހޯދުންތަކުން ފާހަގަ ކުރެވުނީ ފޯވަޑިންގ އޭޖެންޓުން ޑިއޯ ދޫކުރުމުގައި ތަފާތު ގިނަ ޗާޖްތަކެއް ނަގަމުން ގެންދާ ކަމަށެވެ. މިފަދަ ޗާޖްތައް އުސޫލެއްނެތި ނެގުމުގެ ނަތީޖާއަކީ ބާޒާރަށް ނެރެވޭ މުދަލުގެ އަގު އުފުލިގެން ދިއުމެވެ.

 

  ވީމާ ، މީގެފަހުން ޑެލިވަރީ އޯޑަރ ދޫކުރުމުގައި ބަނދަރަށް ދައްކަންޖެހޭ ސްޓީވްޑޯރިންގ ، ޓަރމިނަލް ހެންޑްލިންގ ޗާޖް ، ކަސްޓަމްސް އަށް ދައްކަންޖެހޭ ޗާޖެއް އަދި ޑީއޯ އެޑްމިނިސްޓްރޭޓިވް ޗާޖް ފިއަވައި އިތުރު އެއްވެސް އުޖޫރައެއް، ފީއެއް، ޗާޖެއް ނަގަންވާނީ މިއޮތޯރިޓީއަށް ހުށަހަޅައި ހުއްދަ ހޯދައިގެންނެވެ. އަދި މިއާޚިލާފް ވާފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ވާހަކަ އަންގައި އިޢުލާން ކުރީމެވެ.

 

            25 ޝައުބާން   1440

            30 އެޕްރީލް    2019     

02 މޭ 2019