ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)458/458/2019/4
ޕަބްލިޝްކުރި ތާރީޚް: 30 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 17:48
ލޭބަރ ރިލޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
1440ވަނަ އަހަރުގެ ރަމަޟާންމަހުގެ ޢިނާޔަތް ދިނުމާ ގުޅޭ

އިޢުލާން

    ޤާނޫނު ނަންބަރު 2/2008 ވަޒީފާއާބެހޭ ޤާނޫނާއި އެ ޤާނޫނުގެ ދަށުން ހެދޭ ގަވައިދުތަކުގައިވާ ކަންތައްތައް ރަނގަޅަށް ތަންފީޒު ކުރެވެމުންދޭތޯ ކަށަވަރުކުރުމުގެ ގޮތުން މި އޮތޯރިޓީން ކުރަމުންދާ އިންސްޕެކްޝަން ތަކުގައި، ވަޒީފާދޭ ބައެއް ފަރާތްތަކުން ވަޒީފާއާބެހޭ ޤާނޫނުގައި ވާގޮތުގެމަތިން ރަމަޟާންމަހުގެ ޢިނާޔަތް ދެމުން ނުދާކަން ވަނީ ފާހަގަކުރެވިފައެވެ. އަދި ބައެއް ފަރާތްތަކުން ރަމަޟާންމަހުގެ ޢިނާޔަތް ދިންކަމުގައިވިޔަސް، ވަޒީފާއާބެހޭ ޤާނޫނުގައި ބަޔާންކޮށްފައިވާ މިންވަރަށް އެޢިނާޔަތް ދެމުން ނުދާކަންވެސް ފާހަގަކުރެވިފައިވެއެވެ.

    ވަޒީފާއާބެހޭ ޤާނޫނުގެ 51 ވަނަ މާއްދާގެ (ހ) ގެ ދަށުން، ވަޒީފާ އަދާކުރާ ކޮންމެ ދިވެހި މުވައްޒަފަކަށް ރަމަޟާން މަހުގެ ޢިނާޔަތުގެ ގޮތުގައި ކޮންމެ އަހަރެއްގެ ރަމަޟާން މަސް ފެށުމުގެ ކުރިން 3,000/- (ތިންހާސް) ރުފިޔާ ދޭންވާނެއެވެ.

    ވީމާ، ވަޒީފާދީގެން މުވައްޒަފުން ގެންގުޅުއްވާ އެންމެހާ ފަރާތްތަކުންވެސް ދިވެހިރާއްޖޭގެ ވަޒީފާއާބެހޭ ޤާނޫނާ އެއްގޮތްވާ ގޮތުގެ މަތިން، 1440 ވަނަ އަހަރުގެ ރަމަޟާން މަހުގެ ޢިނާޔަތް ދެއްވުމަށް ދަންނަވަމެވެ.

 

30 އޭޕްރިލް 2019