ދިވެހިރާއްޖެ
ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ ކުޑަދޮރުތަކުގައި ވާޓިކަލް ބްލައިންޑްސް ހަރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މި މަސައްކަތް ކޮށްދެއްވަން ޝައުގުވެރިވާ ފަރާތްތަކުން 2019 މެއި 05 ވަނަ ދުވަހުގެ 11:00 އަށް ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓަށް ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ތިރީގައިވާ ގޮތުގެ މަތީން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަކާއި އަދި އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ގަޑިއަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށާއި ބިޑް ހުށަހެޅުމަށް ކުންފުންޏަކުން ޙާޟިރުވާނަމަ އެބޭފުޅެއް ތަމްޞީލުކުރައްވަނީ ކޮން ކުންފުންޏެއްކަން އެނގޭނެ ލިޔުމެށް ހުށަހަޅުއްވަންވާނެއެވެ. އަދި އަމިއްލަ ފަރާތަކުންނަމަ މުއްދަތު ހަމަނުވާ އައިޑީކާޑުގެ އަސްލު ގެންނަންވާނެއެވެ.
އިތުރު މަޢުލޫމާތެއް ބޭނުންވާނަމަ 6540640 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.
އަންދާސީ ހިސާބު ހުށަހަޅާ ތާރީޚް: 12 މެއި 2019
އަންދާސީ ހިސާބު ހުށަހަޅާ ގަޑި: 11:00
އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ތަން: ށ.މިލަންދޫ މެޖިސްޓްރޭޓް ކޯޓް