ދިވެހިރާއްޖެ
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް
ގދ. ތިނަދޫ،
ދިވެހިރާއްޖެ. ނަންބަރު: ASMH/IUL/2019/06
އިޢުލާން
މިދާއިރާގައި މަސައްކަތް ކުރެއްވުމަށް ޝައުގުވެރިވާ ފަރާތްތަކަށް މަރްޙަބާ ދަންނަވަމެވެ.
މަޤާމް |
ތަރުޖަމާނު |
މަޤާމުގެ ނަންބަރު: |
J-280351, J-248286, J-280359, J-280358 |
ބޭނުންވާ ޢަދަދު: |
04 (ހަތަރެއް) |
ގިންތި: |
ދާއިމީ |
ރޭންކް: |
ޖީ. އެސް 3 |
ކްލެސިފިކޭޝަން: |
އޮފިސަރ ގރ 1 |
ވަޒީފާ އަދާކުރަންޖެހޭ ތަން: |
ޑރ. ޢަބްދުއްޞަމަދު މެމޯރިއަލް ހޮސްޕިޓަލް ، ގދ. ތިނަދޫ |
މުސާރަ: |
-/4465 ރުފިޔާ ( މަހަކު ) |
ސަރވިސް އެލަވަންސް: |
-/1500 ރުފިޔާ ( މަހަކު ) |
އެހެނިހެން އެލަވަންސް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތާއި، ވާޖިބުތައް: |
|
ވަޒީފާގެ މަސައްކަތު ދާއިރާތައް |
އެޑްމިނިސްޓްރޭޝަން |
މަޤާމުގެ ޝަރުޠު: |
ސާނަވީ ނުވަތަ އެ އާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލި ބިފައި ވުމާއެކު، އޭގެ އިތުރުން 'ސެކެންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
5. ލިބިފައިވާ ތަޢުލީމީ ހުރިހާ ސެޓްފިކެޓްތަކުގެ ކޮޕީ . (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިންބޭރުގެ މަތީ ތަޢުލީމްދޭ މަރުކަޒަކުން ދޫކޮށްފައިވަ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސް ކްރިޕްޓްގެ ކޮޕީ ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުންލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި ގަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތަޢުލީމްދޭ، ރާއްޖޭގެ މަރުކަޒުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި، ޓްރާންސްކްރިޕްޓްގެ ކޮޕީ ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީ . ( މިފަދަ ސެޓްފިކެޓްތައް އެކްރެޑިޓްކުރާކަށެއް ނުޖެހޭނެއެވެ.) ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި، ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ. 7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެސެޓްފިކެޓްގެ ކޮޕީ. 8. މަސައްކަތު ތަޖްރިބާގެ ލިޔުންތަކުގެ ކޮޕީ. (ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް، އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތް ކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެއޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް. |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބަލާނެ ކަންތައްތައް: |
1. ޙާޞިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން. 2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖްރިބާއަށް ބަލައިގެން. 3. ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިޔޫކޮށްގެން. |
މަޤާމަށް އެދެންވީ ގޮތާއި، ސުންގަޑި: |
ވަޒީފާއަށް އެދޭ ފޯރމު މިހޮސްޕިޓަލުގެ އޮފީހުން ލިބެން ހުންނާނެއެވެ. މަޤާމަށް އެދި ހުށަހަޅުއްވާ ތަކެތި ހުށަހަޅުއްވާނީ 12 މޭ 2019 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން މިހޮސްޕިޓަލުގެ އޮފީހަށެވެ. ހުށަހަޅުއްވާ ތަކެތި އީ-މެއިލް [email protected] ޒަރީޢާއިންވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯރމް ބަލައިގަނެވޭނެއެވެ. |
އިންޓަރވިޔޫ އޮންނާނެ ތަނާއި، މުއްދަތު: |
މިމަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަރވިޔޫ 2019 މޭ މަހުތެރޭގައި އޮންނާނެއެވެ. އިންޓަރވިޔޫ އޮންނާނީ މި ހޮސްޕިޓަލުގައެވެ. |
ޝޯޓް ލިސްޓް ކުރުން: |
މިވަޒީފާއަށް އެދި ހުށަހަޅާ ، ޝަރުޠު ހަމަވާ ފަރާތްތަކުގެ ޢަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމާއި ތަޖްރިބާއަށް ބަލައި، އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތް ޝޯޓް ލިސްޓް ކުރެވޭނެއެވެ. އިންޓަރވިޔޫ ކުރާނީ ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ. |
އިތުރު މަޢުލޫމާތު: |
މި އިޢުލާނާގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ރަސްމީ ގަޑީގައި ނަންބަރު 6841970 ފޯނަށެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ. |
25 ޝަޢްބާން 1440
30 އެޕްރީލް 2019
އަހްމަދު ސައީދު
މެނޭޖަރ