ދިވެހިރާއްޖެ
މަޤާމު: |
ޕްލޭނިންގ އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-226448 |
ބޭނުންވާ އަދަދު: |
1 (އެކެއް) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކް: |
އެމް.އެސް. 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ޓެކްނިކަލް އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާ |
މުސާރަ: |
-/5610 ރުފިޔާ (މަހަކު) |
ސާވިސް އެލަވަންސް: |
-/2000 ރުފިޔާ (މަހަކު) |
ސަޕޯޓިންގ ކޯ އެލަވަންސް: |
-/700 ރުފިޔާ (މަހަކު) |
އެހެނިހެން އިނާޔަތްތައް: |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ރަށު ތަރައްގީގެ ޕްލޭން އެކުލަވާލުމާއި، ކައުންސިލްގެ އަހަރީމަސައްކަތު ތާވަލު އެކުލަވާލުމުގެ މަސައްކަތް ވެރިންގެ އިރުޝާދުގެދަށުން ކުރުމާއި ޕްލޭނާއި މަސައްކަތު ތާވަލު ފޮނުވަންޖެހޭ އިދާރާތަކަށް ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވުން. 2- ރަށު ތަރައްޤީގެ ޕްލޭން ރިވިއުކޮށް ގެންނަންޖެހޭ ބަދަލުތައް ވެރިންގެ އިރުޝާދުގެދަށުން ގެނެސް ބަލަހައްޓަންޖެހޭ ލިޔެކިއުންތައް ބެލެހެއްޓުން. 3- ބިނާވެށި ޕްލޭން ތައްޔާރުކުރުމާއި، ޕްލޭނާ އެއްގޮތަށް ބިން ދޫކުރެވެމުންދޭތޯ ބަލައި ކުރަންޖެހޭ މަސައްކަތްތައްކުރުން. 4- ރަށުގެ ބިމުގެ އަހަރީ ބަޖެޓް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން 5- ރަށުގެ ތަސައްވަރު ވިލަރެސްކޮށް ކަމާބެހޭ ފަރާތްތަކުގެ މަޝްވަރާއާއެކު ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ތަރައްޤީގެ ޕްލޭންގައި ކަނޑައަޅާ ލަނޑުދަނޑިތައް ހާސިލުކުރުމަށް ހަދަންޖެހޭ ޕްލޭންތައް ހަދައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން. 6- ކާރިސާތަކުން ރައްކާތެރރިވުމަށް ރަށުލެވެލްގައި މަސައްކަތްކުރާނެ ގޮތުގެ ޕްލޭން އެކުލަވާލުމުގެ އިދާރީ މަސައްކަރތްކުރުން. 7- ކައުންސިލްގެ ޕާފޯމަންސް އިންޑެކްސް އަދި މޮނިޓަރިންގ އާއި ގުޅޭ އިދާރީ މަސައްކަތްތައް ކުރުމާއި އެކަމާބެހޭ ލިޔެކިއުންތައް ބެލެހެއްޓުން. 8- ކައުންސިލްގެ އޯގަނައިޒޭޝަނަލް ޑިވެލޮޕްމަންޓް ޕްލޭން ތައްޔާރުކޮށް ޕްލޭން ތަންފީޒުކުރުމުގައި ކުރަންޖެހޭ އިދާރީ މަސައްކަތް ކުރުމާއި ގެންނަންޖެހޭ ބަދަލުތައް ގެނައުން. 9- އިދާރާއިން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި މުވައްޒަފަކު ނެތުމުން ބަދަލު އިންތިޒާމް ހަމަޖައްސަންޖެހޭ ހާލަތުގައި ޙަވާލުކުރެވޭ މަސައްކަތްތައް ކުރުން.
|
މަޤާމުގެ ޝަރުތުތައް: |
ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕްރޮޖެކްޓް މެނޭޖުމަންޓާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން. |
ހުށަހަޅަންޖެހޭ ލިޔުންތައް: |
(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ. (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.
(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
|
މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ: |
45% (ސާޅީސްފަހެއް) އިންސައްތައަށްވުރެ މަތިވާންޖެހޭނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2019 މެއި 09 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން، މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް މި އިދާރާގެ އީމެއިލް [email protected] މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ. |
އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 2019 މޭ 14 އާ 2019 މޭ 20 އާ ދެމެދުއެވެ. އިންޓަރވިއު އޮންނަނީ މިލަދުންމަޑުލު ދެކުނުބުރީ މަގޫދޫ ކައުންސިލްގެ އިދާރާގައެވެ. |
ޝޯޓްލިސްޓްކުރުން: |
މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތައުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6560031 ނަންބަރު ފޯނަށެވެ. |