ދިވެހިރާއްޖެ
މި ކޮމިޝަނުގެ ނަންބަރު: A)CA-2014/39)ފ(30 ޖަނަވަރީ 2013) އިޢުލާނަށް ހަވާލާދީ ދަންނަވަމެވެ.
ނ. މިލަދޫގައި ބެހެއްޓި 1 ނަންބަރު ވޯޓުފޮށީގެ ނ. މިލަދޫ ކައުންސިލްގެ ވޯޓު އަލުން ނެގުން
2014 ޖަނަވަރީ 18 ވީ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި، ނ. މިލަދޫގައި ބެހެއްޓި ނ. މިލަދޫ 1 ނަންބަރު ވޯޓުފޮށީގެ ނ. މިލަދޫ ކައުންސިލްގެ ވޯޓު ބާޠިލުކޮށް، ނ. މިލަދޫގައި ނެގުނު ނ. މިލަދޫ ކައުންސިލްގެ ވޯޓު އަލުން ނެގުމަށް މި ކޮމިޝަނުން ވަނީ ނިންމާފައެވެ. މި އިންތިޚާބުގައި ވޯޓު ލެވޭނީ، 2014 ޖަނަވަރީ 18 ވީ ހޮނިހިރު ދުވަހު ބޭއްވުނު ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ނ. މިލަދޫގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ނ. މިލަދޫ ރައްޔިތުންނަށް އެކަންޏެވެ.
މިދާއިރާގެ ވޯޓު ނެގުން އޮންނާނީ، 2014 ފެބުރުވަރީ 15 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 4:00 އަށް ނ. މިލަދޫގައާއި މާލޭގައެވެ. އަދި ވޯޓު ގުނަން ފަށާނީ ހަމަ އެދުވަހު ވޯޓު ނަގާ ނިމޭތާ 30 (ތިރީސް) މިނިޓުގެ ތެރޭގައެވެ. މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ، 2014 ފެބުރުވަރީ 20 ވާ ބުރާސްފަތި ދުވަހުގެ ހަވީރު 3:00 ގައެވެ.
ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.
2 ރަބީޢުލްއާޚިރު 1435