ދިވެހިރާއްޖެ
ނަންބަރު: 35/2019/(IUL)P2C
އިޢުލާން
ގއ.މާމެންދޫ މެޖިސްޓްރޭޓު ކޯޓުގައި ކުލަލުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުން
ގއ.މާމެންދޫ މެޖިސްޓްރޭޓު ކޯޓުގައި ކުލަލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުރެވުނު ނަންބަރު 28/2019/(IUL)P2C އިޢުލާނާ ގުޅިގެން ދެވުނު މަޢުލޫމާތު ޝީޓުގައި މައްސަލަ އުޅޭތީ އެއިޢުލާން ބާޠިލްކޮށް އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އަލުން އިޢުލާން ކުރަމެވެ.
ވީމާ، އަމިއްލަތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން 08 މެއި 2019 ވާ ބުދަ ދުވަހުގެ 11:00 އަށް ގއ.މާމެންދޫ މެޖިސްޓްރޭޓު ކޯޓަށް ވަޑައިގެން މަޢުލޫމާތު ސާފްކުރެއްވުމަށްފަހު 15 މެއި 2019 ވާ ބުދަ ދުވަހުގެ 11:00 އަށް ގއ.މާމެންދޫ މެޖިސްޓްރޭޓު ކޯޓަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.
މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބާއި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބު ބަލައިނުގަނަވޭނެ ވާހަކަދެންނެވީމެވެ.