މަސައްކަތް
ނަންބަރު: (IUL)23-AP/23/2019/123
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 13:57
ސުންގަޑި: 30 އޭޕްރިލް 2019 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ފ.ނިލަންދޫ އަތޮޅު ހޮސްޕިޓަލް އެކްސްޓެންޝަން އިމާރާތުގައި އެއަރކޮންޑިޝަން ހަރުކުރުމަށް

އިޢުލާން

 

        ފ.ނިލަންދޫ އަތޮޅު ހޮސްޕިޓަލް އެކްސްޓެންޝަން އިމާރާތުގައި އެއަރކޮންޑިޝަން ހަރުކުރުމަށް ކުރެވުނު ދެވަނަ ނަމްބަރ: (IUL)23-AP/23/2019/44) (ފެބުރުވަރީ 04 2019) އިއުލާނާއި ގުޅިގެން ވާދަކުރާނެ ފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

 މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 30 އޭޕްރިލް 2019 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:00 އިން 13:30 އަށް މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ނުވަތަ ފ.ނިލަންދޫ އަތޮޅު ހޮސްޕިޓަލަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ރެޖިސްޓަރ ވުމުން ސޮފްޓްކޮޕީ ފޯމެޓްގައި (ސީޑީ) ލިބިވަޑައިގަންނަވާނެއެވެ. އަދި 02 މޭ 2019 ވާ ބުރާސްފަތި ދުވަހު މެންދުރު 12:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އާއި ފ.ނިލަންދޫ އަތޮޅު ހޮސްޕިޓަލްގައި  އޮންނާނެއެވެ.  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 08 މޭ 2019 ވާ ބުދަ ދުވަހުގެ ހެނދުނު 11:00 ގައި މި މިނިސްޓްރީ   (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އާއި ފ.ނިލަންދޫ އަތޮޅު ހޮސްޕިޓަލްގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 02 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

23 ޝައުބާން 1440

28 އޭޕްރިލް 2019