މަސައްކަތް
ނަންބަރު: (IUL)23-AP/23/2019/124
ޕަބްލިޝްކުރި ތާރީޚް: 28 އޭޕްރިލް 2019
ޕަބްލިޝްކުރި ގަޑި: 13:41
ސުންގަޑި: 02 މޭ 2019 00:00
މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
ބ.ކެންދޫ ސިއްހީމަރުކަޒުގައި ޕޯޓިކޯ ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާން

 

        ބ.ކެންދޫ ސިއްހީމަރުކަޒުގައި ޕޯޓިކޯ ހެދުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާއި ގުޅިގެން ވާދަކުރާނެ ތިންފަރާތެއް ނެތުމުން އެ އިއުލާން ބާތިލްކޮށް އަލުން ފުރުސަތު ހުޅުވާލަމެވެ.

 މިކަމަށް ޝައުޤުވެރިވާ ފަރާތްތައް 02 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 09:00 އިން 13:30 އަށް މި މިނިސްޓްރީގެ (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) ރިސެޕްޝަން އަށް ނުވަތަ ބ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ ބ.ކެންދޫ ސިއްހީމަރުކަޒަށް ވަޑައިގެން ރެޖިސްޓަރ ކުރެއްވުން އެދެމެވެ. މިއިއުލާނާއި ގުޅޭ މައުލޫމާތު ރެޖިސްޓަރ ވުުމުން ސޮފްޓްކޮޕީ ފޯމެޓްގައި (ސީޑީ) ލިބިވަޑައިގަންނަވާނެއެވެ. އަދި 05 މޭ 2019 ވާ އާދިއްތަ ދުވަހު ހެނދުނު 10:00 ގައި ޕްރީބިޑް ސެޝަންއެއް މި މިނިސްޓްރީި (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އާއި ބ.އަތޮޅު ހޮސްޕިޓަލްގައި އަދި ބ.ކެންދޫ ސިއްހީ މަރުކަޒުގައި އޮންނާނެއެވެ.  

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 09 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:30 ގައި މި މިނިސްޓްރީ  (ރޯޝަނީ ބިލްޑިންގ، ސޯސަންމަގު) އާއި ބ.އަތޮޅު ހޮސްޕިޓަލްގައި އަދި ބ.ކެންދޫ ސިއްހީ މަރުކަޒުގައެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 02 މޭ 2019 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އަދި ރެޖިސްޓަރ ކުރަން ވަޑައި ނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހަޅަންވަޑައިނުގަނެވޭނެ ވާހަކަވެސް ދަންނަވަމަވެ.

23 ޝައުބާން 1440

28 އޭޕްރިލް 2019