ދިވެހިރާއްޖެ
މި އޮތޯރިޓީގެ ބައެއް އޭސީ ރިލޮކޭޓްކޮށް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދުމާއި ބެހޭ
މި އޮތޯރިޓީގެ އޮފީސް އިމާރާތުގައި ހަރުކޮށްފައިވާ ބައެއް އޭސީތައް ރިލޮކޭޓްކޮށް ސާރވިސް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަންބަރު (IUL)221-ASS/221/2019/16 އިއުލާނަށްއެކަށީގެންވާ ތަރުހީބެއް ލިބިފައިނުވާތީވެ އެ އިއުލާން ބާތިލްކޮށް އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެއްޖެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެ ލައްވާ ފަރާތްތަކުން 02 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މިއޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 07 މެއި 2019 ވާ އަންގާރަ ދުވަހުގެ 11:00 އަށް މި އޮތީރިޓީ އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
މައުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތް ތަކަށް ހިސާބު ހުށަހެޅުއްވުމުގެ ފުރުޞަތު ނުދެވޭނެ ވާހަކަވެސް މި ފުރުޞަތުގައި ދަންވަމެވެ.
ނޯޓު: މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއް ކަމުގައި ވާނަމަ، މަޢުލޫމާތު ސާފުކުރެއްވުމަށް ނުވަތަ އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ވަޑައިގަންނަވާނީ ޖެހިގެން އަންނަ ރަސްމީ ދުވަހުއެވެ.
23 ޝައުބާން 1440