ދިވެހިރާއްޖެ
އިޢުލާން
ބީލަން ހުށަހެޅުމުގެ ދަޢުވަތު
- މި ސްކޫލްގެ ލައިބްރަރީ އެއަރކަންޑިޝަން ކުރުމާއި ދިޔަދޮވިތައް ބަދަލް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.
ވީމާ، އަމިއްލަ ތަކެތީގައި މި މަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެ ވަޑައިގަންނަވާ (ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު ނަންބަރު: 2014/18 ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ) ފަރާތްތަކުން ތިރީގައި މިދަންނަވާ ގޮތަށް ޢަމަލުކުރެއްވުން އެދެމެވެ.
މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 28 އެޕްރީލް 2019 އިން 8 މެއި 2019 އަށް ބަންދުނޫން ކޮންމެ ދުވަހަކު 8:00 އިން 14:00 އަށް ޖަލާލުއްދީން ސްކޫލްގައި ނަންނޯޓް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.
މި މަސައްކަތާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 8 މެއި 2019 ބުދަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
މި މަސައްކަތާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 9 މެއި 2019 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި ޖަލާލުއްދީން ސްކޫލްގެ އޭ.ވީ ރޫމް 01 ގައެވެ.
- ބިޑް ހުޅުވުން އޮންނާނީ 15 މެއި 2019 ވާ ބުދަ ދުވަހުގެ 11:00 ގައި ޖަލާލުއްދީން ސްކޫލްގެ އޭ.ވީ ރޫމް 01 ގައެވެ.
ނޯޓް : ބީލަމުގެ މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެލެއްވޭނީ ރަޖިސްޓްރީ ކުރުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ކުރައްވާފައިވާ ފަރާތްތަކަށް އެކަންޏެވެ.
އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
- · ޖަލާލުއްދީން ސްކޫލް / ހދ.ކުޅުދުއްފުށި
- ފޯން: 6528815, 6528873
- އީ-މެއިލް: [email protected]
23 ޝަޢުބާން 1440
28 އެޕްރީލް 2019